ވަކިލާރި ރައްކާކުރުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. އެހެންވެ ގިނަ ފަހަރަށް މިކަން ކުރަނީ އެއަށް ލާ އެއްޗެހި ނަގަން ތަންކޮޅެއް އުނދަގޫ އެއްޗެއްގެ ތެރެއަށް ލާރި ވައްޓާލައިގެންނެވެ.

މި ފަހަރު މިއޮތީ މިކަމަށް މާ ބޮޑަށް ވެސް ތަފާތު އެއްޗެކެވެ. ފަހަރުގައި މީގައި ވަކިލާރި ރައްކާކުރުމުން ގަންނަ ފަކުރުން އެހެން މީހަކު ލާރިކޮޅު ނެގުމުގެ ފުރުސަތު ކުޑަވާނެ އެވެ. މިއީ ލާރި އަޅާ "އަނގަ" އެކެވެ.

ފިރިހެނެއްގެ އަނގައިގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ މި "ކޮއިން ޕާސް" ބަލާލެލުމަށް ވެސް ވެސް ވައްތަރީ ހަމަ އިންސާނެއްގެ އަނގައަކާ އެވެ.

މިއަށް ލާރި އަޅަން ޖެހޭނީ ދެތުންފަތް ފޭކޮށްލައިފަ އެވެ. ލާރިކޮޅު ނަގަންވީމާ އަނެއްކާ ވެސް ތުންފަތް ފޭކޮށްލާފައި ލާރި ނަގާނީ އެވެ. ލާރި އަޅާ މި އަނގައިގައި ވެސް ދަތް ވެސް ހުރެ އެވެ. އެހެންވެ މިއީ ރައްކާކުރާ ލާރިކޮލު ސަލާމަތް ކުރަން ވަރަށް ބޭނުންތެެރި އެއްޗަކަށް ވެދާނެ އެވެ.

މި ތައްޔާރުކޮށްފައި ޖަޕާނުގެ ޑީޖޭއެކެވެ. އޭނާ ވަނީ މި މަސައްކަތް ކުރާ ގޮތް ޓްވިޓާގައި ދައްކާލައިފަ އެވެ. އެކަމަކު ވަރަށް ގިނަ ބަޔަކު ވަނީ މިއަށް ފާޑު ކިޔައިފަ އެވެ. އެއް ބަޔަކު "ތިއީ ވަރަށް މުޑުދާރު" ގޮތެއް ކަމަށެވެ.

އެކަމަކު ބައެއް މީހުން ބުނީ ވަގެއްގެ އުނދަގޫ ބޮޑު ޒަމާނެއްގައި މިކަހަލަ އެއްޗެއްހެ ބޭނުންތެރިކަން ބޮޑު ކަމަށެވެ. އަދި މިއީ ރައްކާ ކުރާ ވަކި ލާރިކޮޅު ސަލާމަތް ކުރަން ހަމަ ރަނގަޅު ގޮތެއް ކަމަށް ބައެއް މީހުން ބުންޏެވެ.

ޑީޖޭއާ ހަވާލާދީ ޖަޕާނުގެ އީސްޓް ކޯސްޓް ރޭޑިއޯ އިން ބުނީ މި އާދަޔާހިލާފު ޕާސް ތައްޔާރު ކުރަން ދެ މަސް ދުވަސް ނެގި ކަމަށެވެ. އަދި މިއީ ތަފާތު ކަމެއްކޮށްލުމުގެ ގޮތުން ކުރި ކަމެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.