އަންނަ މަހު ބާއްވާ 76 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ ނޮމިނޭޝަންގެ ބޮންތިން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީގެ ބައޮގްރިފަކް ޑްރާމާ "ވައިސް" ކުރި ހޯދައިފި އެވެ.

މަޝްހޫރު އެކްޓަރު ކްރިސްޓިއަން ބޭލް ޗޭނީގެ ރޯލް ކުޅެފައިވާ ފިލްމަށް ޖުމްލަ ހަ ނޮމިނޭޝަން ލިބިފައިވެ އެވެ. އޭގެ ތެރޭގައި ބެސްޓް މޯޝަން ޕިކްޗާ-މިއުޒިކަލް/ކޮމެޑީ، ބެސްޓް އެކްޓާ އިން އަ މޯޝަން ޕިކްޗާ-މިއުޒިކަލް/ކޮމެޑީ (ބޭލް)، ބެސްޓް ސަޕޯޓިން އެކްޓްރެސް މޯޝަން ޕިކްޗާ (އޭމީ އެޑަމްސް)، ބެސްޓް ސަޕޯޓިން އެކްޓާ މޯޝަން ޕިކްޗާ (ސޭމް ރޮކްވެލް)، ބެސްޓް ޑިރެކްޓާ (އެޑަމް މެކޭ) އަދި ބެސްޓް ސްކްރީންޕްލޭ-މޯޝަން ޕިކްޗާ (އެޑަމް މެކޭ) ހިމެނެ އެވެ.

"ވައިސް" ގެ ފަހަތުން ދެން އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނު ފިލްމުތަކަކީ ބްރެޑްލީ ކޫޕާ އާއި ލޭޑީ ގާގާގެ "އަ ސްޓާ އިޒް ބޯން"، އެމާ ސްޓޯންގެ "ދަ ފެވަރިޓް" ގެ އިތުރުން މެހެރްޝާލާ އަލީގެ "ދަ ގްރީން ބުކް" އެވެ. މިއިން ކޮންމެ ފިލްމަކަށް ފަސް ނޮމިނޭޝަން ލިބިފައިވެ އެވެ.

* ބެސްޓް މޯޝަން ޕިކްޗާ-ޑްރާމާ

ބްލެކް ޕެންތާ، އަ ސްޓާ އިޒް ބޯން، ބޮހޭމިއަން ރަޕްސޮޑީ، އިފް ބިއެލް ސްޓްރީޓް ކުޑް ޓޯކް، ބްލެކްކްލަސްމަން

* ބެސްޓް މޯޝަން ޕިކްޗާ-މިއުޒިކަލް/ކޮމެޑީ

ވައިސް، ކްރޭޒީ ރިޗް އޭޝިއަންސް، ދަ ފެވަރިޓް، ގްރީން ބުކް، މޭރީ ޕޮޕިންސް ރިޓާންސް

* ބެސްޓް އެކްޓްރެސް މޯޝަން ޕިކްޗާ-ޑްރާމާ

ގްލެން ކްލޯޒް (ދަ ވައިފް)، ލޭޑީ ގޭގާ (އަ ސްޓާ އިޒް ބޯން)، ނިކޯލް ކިޑްމަން (ޑިސްޓްރޯޔާ)، މެލީސާ މެކާތީ (ކޭން ޔޫ އެވާ ފޮގިވް މީ)، ރޮޒަމަންޑް ޕައިކް (އަ ޕްރައިވެޓް ވޯ)

* ބެސްޓް އެކްޓާ މޯޝަން ޕިކްޗާ-ޑްރާމާ

ބްރެޑްލީ ކޫޕާ (އަ ސްޓާ އިޒް ބޯން)، ވިލެމް ޑެފޯ (އެޓް އެޓާނިޓީސް ގޭޓް)، ލޫކަސް ހެޖެސް (ބޯއި އިރޭޒްޑް)، ރަމީ މާލިކް (ބޮހޭމިއަން ރަޕްސޮޑީ)، ޖޯން ޑޭވިޑް ވޮޝިންގްޓަން (ބްލެކްކްލަސްމަން)

* ބެސްޓް ސަޕޯޓިން އެކްޓްރެސް މޯޝަން ޕިކްޗާ

އޭމީ އެޑަމްސް (ވައިސް)، ކްލެއާ ފޯއި (ފަސްޓް މޭން)، ރެޖީނާ ކިންގް (އިފް ބިއެލް ސްޓްރީޓް ކުޑް ޓޯކް)، އެމާ ސްޓޯން (ދަ ފެވަރިޓް)، ރޭޗަލް ވެއިޒް (ދަ ފެވަރިޓް)

* ބެސްޓް ސަޕޯޓިން އެކްޓާ މޯޝަން ޕިކްޗާ

މެހަރުޝާލާ އަލީ (ގްރީން ބުކް)، ޓިމޮތީ ކެމެލޭ (ބިއުޓިފުލް ބޯއި)، އެޑަމް ޑްރައިވާ (ބްލެކްކްލަންސްމަން)، ރިޗަޑް އީ ގްރާން (ކޭން ޔޫ އެވާ ފޮގިވް މީ)، ސޭމް ރޮކްވެލް (ވައިސް)

* ބެސްްޓް ޑައިރެކްޓާ މޯޗަން ޕިކްޗާ

ބްރެޑްލީ ކޫޕާ (އަ ސްޓާ އިޒް ބޯން)، އެޑަމް މެކޭ (ވައިސް)، އަލްފޮންސޯ ކުއަރޯން (ރޯމާ)، ޕީޓާ ފެރެލީ (ގްރީން ބުކް)، ސްޕައިކް ލީ (ބްލެކްކްލަންސްމަން)

* ބެސްޓް ސްކްރީންޕްލޭ މޯޝަން ޕިކްޗާ

ރޯމާ، ދަ ފެވަރިޓް، ވައިސް، ގްރީން ބުކް، އިފް ބިއެލް ސްޓްރީޓް ކުޑް ޓޯކް

* ބެސްޓް އެކްޓްރެސް މޯޝަން ޕިކްޗާ-މިއުޒިކަލް/ކޮމެޑީ

އެމިލީ ބްލަންޓް (މޭރީ ޕޮޕިންސް ރިޓާންސް)، އޮލިވިއާ ކޮލްމަން (ދަ ފެވަރިޓް)، ޗާލީޒް ތެރޯން (ޓުލީ)، އެލްޒީ ފިޝާ (އެއިތު ގްރޭޑް)، ކޮންސްޓެންސް ވޫ (ކްރޭޒީ ރިޗް އޭޝިއަންސް)

* ބެސްޓް އެކްޓާ މޯޝަން ޕިކްޗާ-މިއުޒިކަލް/ކޮމެޑީ

ކްރިސްޓިއަން ބޭލް (ވައިސް)، ލައިން މެނުއެލް މިރަންޑާ (މޭރީ ޕޮޕިންސް ރިޓާންސް)، ވިގޯ މޯޓެންސެން (ގްރީން ބުކް)، ރޮބަޓް ރެޑްފޯޑް (ދި އޯލްޑް މޭން އެންޑް ދަ ގަން)، ޖޯން ސީ ރެއިލީ (ސްޓޭން އެންޑް އޮލީ)

* ބެސްޓް މޯޝަން ޕިކްޗާ-ފޮރިން ލެންގްއޭޖް

ކޭޕަނޯމް (ލުބުނާން)، ގާލް (ބެލްޖިއަމް)، ނެވާ ލުކް އަވޭ (ޖަރުމަން)، ރޯމާ (މެކްސިކޯ)، ޝޮޕްލިފްޓާޒް (ޖަޕާން)

* ބެސްޓް މޯޝަން ޕިކްޗާ-އެނިމޭޓެޑް

އިންކްރެޑިބަލްސް 2، އައިސްލް އޮފް ޑޯގްސް، މަރާއީ، ރަލްޕް ބްރޭކްސް ދި އިންޓަނެޓް، ސްޕައިޑަމޭން: އިން ޓު ދަ ސްޕައިޑާ ވާސް

* ބެސްޓް އޮރިޖިނަލް ސްކޯ-މޯޝަން ޕިކްޗާ

އަ ކްއައިޓް ޕްލޭސް، އައިސްލް އޮފް ޑޯގްސް، ބްލެކް ޕެންތާ، ފަސްޓް މޭން، މޭރީ ޕޮޕިންސް ރިޓާންސް

* ބެސްޓް އޮރިޖިނަލް ސޯންގް-މޯޝަން ޕިކްޗާ

އޯލް ދަ ސްޓާސް (ބްލެކް ޕެންތާ)، ގާލް އިން ދަ މޫވީސް (ޑަމްޕްލިން)، ރެކުއިއަމް ފޮ ޕްރައިވެޓް ވޯ (އަ ޕްރައިވެޓް ވޯ)، ރިލެވޭޝަން (ބޯއި އިރޭޒްޑް)، ޝެލޯ (އަ ސްޓާ އިޒް ބޯން)

ޓީވީ އުފެއްދުންތަކަށް ހާއްސަކޮށްފައިވާ ގޯލްޑެން ގްލޯބްސްގެ ކެޓަގަރީތަކަށް ބަލާ އިރު އެންމެ މޮޅު ސީރީޒް ޑްރާމާއަކަށް ވާދަ ކުރަނީ ދި އެމެރިކަންސް، ބޮޑީގާޑް، ހޯމްކަމިން، ކިލިން އީވް އަދި ޕޯޒް އެވެ.

މި ކެޓަގަރީގެ އެންމެ މޮޅު ބަތަލާއިންނަށް ވާދަ ކުރަނީ ޖޫލިއާ ރޮބަޓްސް (ހޯމްކަމިން)، ކެރީ ރަސަލް (ދި އެމެރިކަންސް)، ސަންޑްރީ އޯ (ކިލިން އީވް)، އެލިޒަބަތު މޮސް (ދަ ހޭންޑްސްމެއިޑްސް ޓޭލް) ކެޓްރިއީނޯ ބެލްފޭ (އައުޓްލޭންޑާ) އެވެ.

ޑްރާމާ ކެޓަގަރީގެ އެންމެ މޮޅު އެކްޓަރަކަށް ވާދަ ކުރަނީ ޖޭސަން ބޭޓްމަން (އޮޒާކް)، ސްޓެފެން ޖޭމްސް (ހޯމްކަމިން)، ރިޗަޑް މެޑެން (ބޮޑީގާޑް)، ބިލީ ޕޯޓާ (ޕޯޒް)، މެތިއު ރީޒް (ދި އެމެރިކަންސް) އެވެ.

އެންމެ މޮޅު މިއުޒިކަލް/ކޮމެޑީ ސީރީޒަކަށް ވާދަ ކުރަނީ ބެރީ، ގުޑް ޕްލޭސް، ކިޑިން، ކެމިންސްކީ މެތަޑް، މާވެލެސް މިސިޒް މެއިޒެލް އެވެ.

މި ކެޓަގަރީގެ އެންމެ މޮޅު ބަތަލާއަކަށް ވާދަ ކުރަނީ ކްރިސްޓެން ބެލް (ދަ ގުޑް ޕްލޭސް)، ކެންޑީސް ބާޖެން (މާފީ ބްރައުން)، އެލިސަން ބްރީ (ގްލޯ)، ރޭޗަލް ބްރޮސްނާހަން (ދަ މާވެލަސް މިސިޒް މެއިޒެލް)، ޑެބްރާ މެސިން (ވިލް އެންޑް ގްރޭސް) އެވެ.

މިއުޒިކަލް/ކޮމެޑީ ސީރީޒްގެ މޮޅު އެކްޓަރުގެ މަގާމަށް ވާދަ ކުރަނީ ސާޝާ ބެރިން ކޮއެން (ހޫ އިޒް އެމެރިކާ)، ޖިމް ކެރީ (ކިޑިން)، މައިކަލް ޑަގްލަސް (ދަ ކޮމިންސްކީ މެތަޑް)، ޑޮނަލްޑް ގްލޯވާ (އެޓްލާންޓާ ރޮބިން ސީޒަން) އަދި ބިލް ހެޑާ (ބެރީ) އެވެ.

އަންނަ އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސް ހަފުލާ އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހު އެވެ. ހޯސްޓުންނަކީ ސަންޑްރާ އޯ އާއި އެންޑީ ސެމްބާގް އެވެ.