ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް މިއަދު އައްޔަންކޮށްފި އެވެ.

ސަލީމް، އެ މަގާމަށް ހަމަޖެއްސެވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުﷲ އެވެ.

އޭނާ ވަނީ ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑިރެކްޓަރުކަމާއި ކޯސްޓްގާޑު ކޮމަންޑެންޓްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ކޯސްޓްގާޑުގެ ކޮމަޑާންޓަކަށް ކުރިން ހުންނެވީ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ. އެކަމަކު، މި މަހުގެ 13 ވަނަ ދުވަހު ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ އައްޔަންކުރެއްވުމުން އެ، ކޯސްޓްގާޑުގެ އިސްވެރިޔާގެ މަގާމު އޮތީ ހުސްވެފަ އެވެ.