ސާޖަރީތައް ކުރާއިރު ބޭނުންކުރާ ކާބަންޑައި އޮކްސައިޑް ހުސްވަމުންދާތީ އައިޖީއެމްއެޗްގެ ބައެއް ސާޖަރީތައް ހުއްޓިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، ކާބަންޑައި އޮކްސައިޑުގެ ސްޓޮކް މަދުވާތީ، ރޫޓިން ލެޕަރޮސްކޮޕް ސާޖަރީތައް ނުވަތަ ބަނޑުގައި ލޯވަޅު އަޅައިގެން ކެމެރާ ލައްވައިގެން ކުރާ ސާޖަރީތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ. މި ވަގުތަށް ހުރި ކާބަންޑައި އޮކްސައިޑް ބޭނުންކުރަނީ ކުއްލި ހާލަތްތަކުގައި ހަދާ ލެޕަރޮސްކޮޕިކް ސާޖަރީތަކަށެވެ.

ނަމަވެސް، އެހެން ސާޖަރީތައް ކުރިއަށް ގެންދާ ކަމަށް ވެ އެވެ.

ބަނޑުގައި ލޯވަޅު އަޅައިގެން ކުރާ އޮޕަރޭޝަންތަކުގެ ތެރޭގައި ގޯލްބްލެޑާ އާއި އެޕެންޑިކްސް އަދި ކުދިކުދި ޓިއުމަރު ނެގުން ހިމެނެ އެވެ. އެފަދަ އޮޕަރޭޝަންތައް ކުރާއިރު، ހަށިގަނޑަށް ކާބަންޑައިއޮކްސައިޑް ފޮނުވަނީ ވެސް ރިސްކް ކުޑަކުރުމަށެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލަށް ގޭސް ސަޕްލައިކޮށްދެނީ އެސްޓީއޯ އިން ކަމަށާއި ގޭސް ނުލިބެނީ އެކޮޅުން ޑެލިވާކުރުމުގައި ލަސްތަކެއް އުޅޭތީ ކަމަށެވެ،