ކުޑަކުދިންނަށް ހާއްސަ "ކޮކީ" ފިހާރަތަކުން މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމުން ފާހަގަކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެ ފިހާރައިން ބުނީ ރިޕޯޓް ފޯމު ހިފައިގެން "ކޮކީ" ގެ ފިހާރަތަކަށް ދިއުމުން ކޮންމެ ކުއްޖަކަށް ވެސް ހާއްސަ ހަދިޔާއަކާއި އައިސްކްރީމެއް ހިލޭ ލިބޭނެ ކަމަށެވެ. މިއީ ހަމައެކަނި ވަކި ނަތީޖާއެއް ލިބޭ ދަރިވަރުންނަށް ކުރިއަށް ގެންދާ ހަރަކާތެއް ނޫން ކަމަށާއި މިއީ ހުރިހާ ގޮންޖެހުންތަކަކާ އެކު ވެސް ފުރަތަމަ ޓާމް ނިންމި ހުރިހާ ކުދިންނަށް އެކަން ފާހަގަކުރުމުގެ ގޮތުން އެ ފިހާރައިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ބުންޏެވެ. މީގެ އިތުރުން މިއީ ދަރިވަރުން މި ޓާމުގައި ކުރި މަސައްކަތްތައް ފާހަގަކޮށް، އަންނަ ޓާމުގައި އެއަށް ވުރެ ފުރިހަމަ ނަތީޖާއެއް ހޯދުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
"ކޮކީ"ގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ދުވަސްތަކުގައި ރިޕޯޓް ފޯމާ އެކު "ކޮކީ" ގެ ކޮންމެ ފިހާރައަކަށް ގޮސްގެން ވެސް އައިސްކްރީމާއި ހަދިޔާ ލިބޭނެ އެވެ.
"ކޮކީ"ގައި އެކި އުމުރުފުރާތަކަށް ހާއްސަކޮށް، މަޝްހޫރު އެކި ކާޓޫނުތަކުގެ ކުޅޭ ސާމާނާއި މަގުބޫލު އެކި ބްރޭންޑުތަކުގެ ކުޅޭ ސާމާނުގެ އިތުރުން ބޯޑް ގޭމާއި އެކި ހުނަރުތައް ދަސްކޮށްދޭނެ ކުޅޭ އެއްޗެހި ހުރެ އެވެ.
ކޮކީގެ ފިހާރަތައް މާލޭގެ އަލިކިލޭގެފާނު މަގު، މުރަނގަ މަގު (އައިޖީއެމްއެޗް ކައިރީގައި) ބުރުޒު މަގު (އިސްކަންދަރު ކޮށި ފުރަގަހުގައި) ކެނެރީ މަގު (ފެންޓަސީ ފުރަގަހުގައި) ހުރެ އެވެ. އަދި ހުޅުމާލޭ ސްކޭޓް ޕާކު ކައިރީގައި ވެސް ކޮކީގެ ފިހާރައެއް ހުރެ އެވެ.