"ގުޅުން" ސީރީޒް މީޑިއާނެޓްގެ މަަލްޓި-ސްރީން އާއި އެމްއެސްޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އަށް މި މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރަން ނިންމައިފި އެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓް އިން އުފައްދާފައިވާ "އެންތޮލޮޖީ ސީރީޒް" ބިނާކޮށްފައި ވަނީ ދިވެހިންގެ އާންމު ދިރިއުޅުމުގައި ދިމާވާ ތަފާތު މައްސަލަތަކަށެވެ. އައިޝަތު ފުއާދު ތައުފީގުގެ ވާހަކައަކަށް ހަދާފައިވާ މި ސީރީޒްގައި ރިޝްމީ އާއި ރަވީ އަދި ފުބޫ ފެންނާނެ އެވެ.

މީޑިއާނެޓްގެ މަލްޓި-ސްކްރީނަކީ މުނިފޫހިފިލުވުމަށް ހާއްސަ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް، ދިވެހި ތަފާތު ސީރީޒްތަކާއި ޝޯތައް ބަލައިލެވޭނެ އެވެ. މީޑިއާނެޓް މަލްޓިސްކްރީން މެދުވެރިކޮށް ލައިވް ޓީވީގެ އިތުރުން ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ފިލްމާއި ސީރީޒް ވެސް ބަލައިލެވޭނެ އެވެ.

މީޑިއާނެތުން ވަނީ އެމްއެސްޓީވީގެ އެޕްލިކޭޝަން ތައާރަފްކޮށްފަ އެވެ. މި އެޕްލިކޭޝަން ފްލޭ ސްޓޯރުން އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އަށް ޑައުންލޯޑު ކުރެވޭނެ އެވެ. މީޑިއާނެޓްގެ އެމްއެސްޓީވީ އެޕްލިކޭޝަން ބޭނުންކޮށްގެން ޓީވީން ވެސް މީޑިއާނެޓްގެ ޑްރާމާތައް ބަލައިލެވޭނެ އެވެ.