މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި މީރާއިން 90.7 މިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އިދާާރާ އިން ހާމަކޮށްފި އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮ ތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 57.7 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އެ އިދާރާއަށް ޖޫރިމަނާގެ ގޮތުގައި ލިބުނީ 52.3 މިލިއަން ރުފިޔާ އެވެ.

މިހާތަނަށް ލިބުނު ޖޫރިމަނާގެ ތެރެއިން 37.2 މިލިއަން ރުފިޔާ ބަލައިގެންފައިވަނީ ދިވެހި ރުފިޔާއިންނެވެ. އަދި އެމެރިކާ ޑޮލަރުގެ ގޮތުގައި 3.4 މިލިއަން ޑޮލަރު ވަނީ ބަލައިގެންފަ އެވެ.

ރިޕޯޓުތައް ދައްކާގޮތުގައި މިދިޔަ މަހު އެކަނިވެސް މީރާއިން ވަނީ ޖޫރިމަނާގެ ގޮތުގައި 57.1 މިލިއަން ރުފިޔާ ބަލައިގެންފަ އެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު އެ އިދާރާއަށް ލިބިފައިވަނީ އެންމެ 4.4 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު ޖުމްލަ އާމްދަނީގެ 1.6 ޕަސެންޓް ހިއްސާކުރަނީ ޖޫރިމަނާގެ ގޮތުގައި ލިބޭ އާމްދަނީ އެވެ.