އާރްއޯއެލްގެ "ގިގަފައި" އަށް އޮންލައިންކޮށް ހުށަހެޅޭ ގޮތް ހަމަޖައްސައިފި އެވެ.
މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ގޭގައި ތިބެގެން އިންޓަނެޓް ޕެކޭޖަށް އެދުމުގެ ފުރުސަތު ދިނުމަށް ހަމަޖެއްސި ގޮތެއް ކަމަށާއި ވިލިމާލޭގެ ކަސްޓަމަރުންނަށް މިކަމުން ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް އާރްއޯއެލް އިން ބުންޏެވެ.
ހިދުމަތަށް އެދެން apply.rol.mv ދިއުމުން ފޯމް ހުށަހެޅޭނެ އެވެ. އޮންލައިންކޮށް މިވަގުތު ފޯމް ހުށަހެޅޭނީ އާރްއޯއެލްގެ "ގިގަފައި" ޕެކޭޖަށް ނަމަވެސް އިތުރު ހިދުމަތްތައް ވެސް އޮންލައިންކޮށް ލިބޭނެ އެވެ. އާރްއޯއެލް އިން ދޭ ޕެކޭޖުތަކާ ގުޅޭ އިތުރު މައުލޫމާތު ވެބްސައިޓަށް ދިއުމުން ލިބޭނެ އެވެ.
ކުރިއަށް އޮތްތަނުގައި ވެސް އާރްއޯއެލް އިން އޮންލައިންކޮށް ދޭ ހިދުމަތްތައް އިތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.