އަސުސްޓޯގެ ޑޭޓާ ރައްކާ ކުރާ ޑިވައިސެއް ކަމަށްވާ "ނެޓްވޯކް އެޓޭޗްޑް ސްޓޯރެޖް" (ނާސް) މެކްސްކޮމް ޓެކްނޮލޮޖީސް އިން ރާއްޖެއަށް އިއްޔެ ތައާރަފު ކޮށްފި އެވެ.

ނާސް އަކީ ކްލައުޑް މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިލްތައް ރައްކާކުރުމަށް ބޭނުން ކުރެވޭ ޓެކްނޮލޮޖީއެކެވެ. މި ޑިވައިސްތަކުގައި ރައްކާ ކުރާ ހުރިހާ ފައިލެއް ވައިފައި މެދުވެރިކޮށް ޓީވީ އާއި ލެޕްޓޮޕް އަދި އައިޕެޑް ފަދަ ތަކެތިން ބަލާލެވޭނެ އެވެ.

މި ޓެކްނޮލޮޖީއަކީ ގޭތެރެއަށާއި ކުދި ވިޔަފާރިތަކަށް އަދި ބޮޑެތި ވިޔަފާރިތަކަށް ވެސް ބޭނުން ކުރެވޭގޮތަށް ކަސްޓަމައިޒް ކުރެވޭ އުފެއްދުމެކެވެ. އެހެންކަމުން މެކްސްކޮމްގެ ނަންބަރު 3330034އަށް ނުވަތަ 7938220އަށް ގުޅައިގެން ހިލޭ ކޮންސަލްޓް ކުރެވޭނެ އެވެ. އެގޮތުން، ކަސްޓަމަރު ބޭނުންވާ ކަންތައްތައް ކިޔައިދިނުމުން އެކަންތައްތަކާ ގުޅޭގޮތުން ހުރި އެންމެ ރަނގަޅު ރޭންޖުތައް މެކްސްކޮމް އިން ކިޔައިދޭނެ އެވެ.

އަސުސްޓޯގެ ނާސް މެކްސްކޮމް އިން ދައްކާލަނީ-- ފޮޓޯ: މެކްސކޮމް ޓެކްނޮލޮޖީސް
އަސުސްޓޯގެ ނާސް މެކްސްކޮމް އިން ދައްކާލަނީ-- ފޮޓޯ: މެކްސކޮމް ޓެކްނޮލޮޖީސް

އާއްމުކޮށް ގެތަކާއި ކުދި ވިޔަފާރިތަކުގައި ޑޭޓާ ސޭވް ކުރުމަށް ބޭނުން ކުރަނީ ޕޯޓެބަލް ހާޑުތަކެވެ. މިގޮތަށް ގެންގުޅޭ ހާޑުތަކަށް ކުޑަ މައްސަލައެއް ދިމާވި ނަމަވެސް ހުރިހާ ޑޭޓާއެއް ގެއްލޭނެ އެވެ. ނަމަވެސް އަސުސްޓޯގެ ނާސް ބޭނުންކުރާ ކަސްޓަމަރުންގެ އެއް ހާޑުގައި މައްސަލަ ޖެހުނު ނަމަވެސް ކްލައުޑު މެދުވެރިކޮށް އެ ޑޭޓާ ސޭވް ކުރާނެ އެވެ. އަދި އިތުރު ހާޑެއް ބޭނުން ކޮށްގެން އެ ޑޭޓާ ހޯދޭނެ އެވެ.

މެކްސްކޮމް އިން ވަނީ މި އުފެއްދުން ތައާރަފު ކުރުމުގެ ގޮތުން ހާއްސަ އޮފާއެއް ވެސް ފަށައިފަ އެވެ. މި އޮފާގެ ދަށުން ނާސް ޑިވައިސް އާއި 1ޓީބީގެ ދެ ހާޑު އެންމެ 4،999ރ. އަށް ލިބޭނެ އެވެ. މިއީ ގެތަކާއި ކުދި ވިޔަފާރިތަކަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ރޭންޖެކެވެ. އެހެނިހެން ރޭންޖުތައް ވެސް ހާއްސަ އަގުތަކުގައި ލިބޭނެ ކަމަށް މެކްސްކޮމް އިން ބުންޏެވެ.

މެކްސްކޮމް އަކީ ރާއްޖޭގެ އަސުސްސްޓޯ ނާސްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. އެ ފިހާރައިން ގަންނަ ކޮންމެ ޑިވައިސްއަކަށް ތިން އަހަރުގެ ވޮރެންޓީ ލިބޭނެ އެވެ.