ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮސްމެޓިކް ބްރޭންޑްތައް ވިއްކާ، ޑެސިއޯ މޯލްޑިވްސް އިން މުދާ ޑިސްއިންފެކްޓް ކުރުމަށް ފަހު ޑެލިވަރީގެ ހިދުމަތް ދޭން ފަށައިފި އެވެ.

ޑެސިއޯގެ އޮފިސަލަކު ވިދާޅުވި ގޮތުގައި މި ހިދުމަތް ފެށުމުގެ މައިގަނޑު މަގްސަދަކީ ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން، މީހުން އެއްވެ އުޅުން މަދުކޮށް ގޭގައި ތިބެން ޖެހޭތީ ރައްޔިތުންނަށް ރައްކާތެރިކަމާ އެކު ލުއިފަސޭހަ ގޮތުގައި ވިޔަފާރިކުރެވޭނެ ގޮތް ފަހިކޮށްދިނުމެވެ.

ޑެސިއޯގެ ވެބްސައިޓް މެދުވެރިކޮށް ތަކެއްޗަށް އޯޑަރުކުރެވޭނެ އެވެ.

ޑެލިވަރީގެ ހިދުމަތް މި ވަގުތު ދެނީ މާލެ އާއި ހުޅުމާލެއަށެވެ. ކުރާ 100ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ހިލޭ ޑެލިވަރީ ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން 100ރ. އިން ދަށުގެ ވިޔަފާރިއެއް ނަމަ ޑެލިވަރީ އަށް 10ރ. ގެ ޗާޖެއް ނަގާނެ އެވެ. އަދި 20-30 މިނެޓް ތެރޭގައި ޑެލިވަރީ ކުރަން ބޭނުންވާ ނަމަ 20ރ. ގެ ޗާޖެއް ނަގާނެ ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.

ޑެސިއޯގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި، އެ ފިހާރައިން ވިއްކާ ތަކެތި ޑިސްއިންފެކްޓްކޮށް ބަންދުކުރާގޮތުގެ މައުލޫމާތު ދީފައިވެ އެވެ.

އެ ފިހާރައިގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާ އެކު އޯޑަރުކޮށް ފައިސާ ދެއްކޭނެ އެވެ. އަދި ބޭންކް ޓްރާންސްފާ ނުވަތަ ގެއަށް ތަކެތި ޑެލިވަރީ ކޮށްދިނުމުން ކޭޝް ކާޑުން ވެސް ފައިސާ ދެއްކޭނެ އެވެ.

ޑެސިއޯ އަކީ ރީތިވާ އެކި ބްރޭންޑްތަކުގެ ސާމާނު 2012 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އެތެރެކޮށް ހޯލްސޭލް އަދި ރީޓެއިލް ކުރާ ބަޔެކެވެ. މާލޭގެ ތިން ސަރަހައްދެއްގައި ޑެސިއޯގެ ތިން ފިހާރައެއް ހުރެ އެވެ. އެ ފިހާރަ އަކީ ދުނިޔޭގެ މަސްހޫރު ބްރޭންޑްތައް ކަމުގައިވާ ކަންޓޫ، އަރްމަފް، އަދި އިނެކްޓޯގެ ރާއްޖޭގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރެވެ.