ގިނަ މީހުން ހެނދުނު ހޭލައިގެން ކޮފީއެއް ބޯލަން ނުލިބިއްޖެ ނަމަ ހިތްހަމައެއް ނުޖެހޭނެ އެވެ. އަވަދި ނެތި އޮފީހަށް ދާން އުޅެމުން ކޮފީއެއް ތައްޔާރުކޮށްލެވޭނެ ވަގުތު ނުލިބޭ މީހުން ވެސް މީގެ ތެރޭގައި ހިމެނޭނެ އެވެ. މިފަދަ ފަރާތްތަކަށް އޮތް ހައްލަކީ "މޯނިން ސަން އިންސްޓެންޓް ކޮފީ" އެވެ.
ސިންގަޕޫރުގެ މި އުފެއްދުމަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ ގިނަ ބަޔަކަށް ކަމުދާ މީރު ކޮފީއެކެވެ. ރާއްޖޭގެ ގިނަ މީހުންނަކީ ހެނދުނު ހެނދުނާ މަސައްކަތަށް ދާން ޖެހޭ މީހުނަށް ވާއިރު މިފަދަ ކޮފީއެއް ގޭގައި ހުރުމަކީ ލިބިގެންދާނެ ހިތްހަމަޖެހުމެކެވެ. މި ކޮފީ ރާއްޖެ އިން ލިބެން ހުންނާނީ އެމްޔޫ ސްޓޯރުންނެވެ.
އިންސްޓެންޓް ކޮފީ ނުވަތަ ވަގުތުން ތައްޔާރުކޮށްލެވޭ ކޮފީގެ ގިނަ ބާވަތްތަކެއް މިހާރު ވެސް ރާއްޖޭގައި ލިބެން ހުރެ އެވެ. ނަމަވެސް މޯނިން ސަންއާ އެހެނިހެން ކޮފީތަކާ ހުރި ތަފާތަކީ ރަހައިގެ ތަފާތެވެ. މި ކޮފީ ހެދުމަށް ތާޒާ ކޮފީ ބީން ބޭނުންކުރާއިރު މި ކޮފީގައި ދެ ބާވަތެއް ހިމެނެ އެވެ. ކޮފީ ރަހަ ގަދަކޮށް ބޭނުންވާ މީހުންނަށް "ވައިޓް ކޮފީ" އަދި ކޮފީރަހަ ލައިޓްކޮށް ބޭނުންވާ މީހުންނަށް "އިންސްޓެންޓް މިކްސް" ހިމެނެ އެވެ.
މޯނިން ސަން އަކީ ރާއްޖޭގެ ބައެއް މަސްވެރިންނަށް ވެސް ކަމުދާ ކޮފީއެކެވެ. އެގޮތުން އެމްޔޫ ސްޓޯރުން ވަނީ ބައެއް މަސްވެރިންނަށް މި ކޮފީގެ ރަހަ ދައްކާލައިފަ އެވެ. ގިނަ މަސްވެރިން ގަބޫލުކުރާގޮތުގައި ހެނދުނު ހެނދުނާ އެން ދަމަން ދާއިރު މިފަދަ ކޮފީއެއް ލިބުމަކީ ދުވަސް ފެށުމަށް އިތުރަށް ފުރިހަމަކަން ގެނުވައިދޭ ކަމެކެވެ. މި ކޮފީއަކީ ދިވެހިންނާ ގުޅޭ ކޮފީއެއް ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ބައެއް ފަރާތްތަކުން އިންސްޓެންޓް ކޮފީ ބޭނުން ކުރަނީ ހަމައެކަނި ބުއިމަކަށް ނޫނެވެ. ތަފާތު ފޮނި ކާބޯތަކެތީގައި ވެސް މި ކޮފީ ބޭނުންކުރެވޭނެ އެވެ. އެގޮތުން ތިރީގައި މިވަނީ މޯނިން ސަން އިންސްޓެންޓް ކޮފީ ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ބްރައުނީއެއްގެ ރެސިޕީ އެވެ.
ކޮފީ އެންޑް ކްރީމް ބްރައުނީ
ބޭނުންވާ ތަކެތި:
½ ކިއުބް ބަޓަރު
85 ގްރާމް ޗޮކްލެޓް ކޮށާފައި
2 ބިސް
1 ޖޯޑު ހަކުރު
1 ސައިސަމްސާ ވެނީލާ އެސެންސް
3/2 ޖޯޑު ފުށް
¼ ސައިސަމްސާ ބޭކިން ސޮޑާ
1 ސައިސަމްސާ މޯނިން ސަން އިންސްޓެންޓް ކޮފީ މިކްސް
3 ސައިސަމްސާ ވިޕިން ކްރީމް
1 ޖޯޑު އައިސިން ޝުގާ
ތައްޔާރު ކުރާނެ ގޮތް:
މައިކްރޮވޭވްގައި ބަޓަރާއި ޗޮކްލެޓް މެލްޓު ކުރުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ފިނިކުރަން ބަހައްޓާށެވެ. އޭގެ ފަހުން ބިހާއި ހަކުރު އަދި ވެނީލާ އެސެންސް އޭގެ ތެރެއަށް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ބޭކިން ސޮޑާ އަދި ފުށް އެ މިކްސްޗާގެ ތެރެއަށް އެއް ކޮށްލާށެވެ. އަވަން ޓްރޭއެއްގައި ބަޓަރު ހާއްކާލުމަށް ފަހު މިކްސް ކުރި ޗޮކްލެޓު އޭގެ ތެރެއަށް އެޅުމަށް ފަހު 360 ޑިގްރީގައި 25-30 މިނެޓް ވަންދެން ފިހެލާށެވެ. ބްރައުނީ ތައްޔާރުވުމުން މޯނިން ސަން އިންސްޓެންޓް ކޮފީ އާއި ވިޕިން ކްރީމް އަދި އައިސިން ޝުގާގެ މިކްސްޗާއެއް ތައްޔާރުކުރުމަށް ފަހު ބްރައުނީގައި ހާކާލާށެވެ. އަދި އޭގެ ފަހުން އެ ބްރައުނީ އައިސް އަލަމާރި އަށް ލުމަށްފަހު ވަގުތުކޮޅަކަށް ފިނިކޮށްލާށެވެ.