މިދިޔަ ރޯދަ މަހަށް ހާއްސަ ކޮށްގެން ލެކިއުޓް ލައިފްސްޓައިލް އިލެކްޓްރޯނިކްސްގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި އެވެ.
މިދިޔަ މެއި އަށަކުން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި އެ ފިހާރައިން ކޮށްފައިވާ ކޮންމެ 200ރ. އަށް ވުރެ މަތީގެ ވިޔަފާރިތަކަށް ކޫޕަނެއް ދީފައިވެ އެވެ.
މި ޕްރޮމޯޝަންގެ ތިން ނަސީބުވެރިން ހޮވާފައިވާ އިރު އެއްވަނަ އަށް ދިޔަ އާޝިޔާ ލުތުފީ އަށް ލިބުނީ ކެފް ބްރޭންޑުގެ ސްޕީކަރު ސިސްޓަމެކެވެ. އަދި ދެވަނަ އަށް ދިޔަ މުހައްމަދު ޖޯހަރު އަލީ އަށް ލިބުނީ ބޯޝް ބްރޭންޑުގެ ދޮންނަ މެޝިނެކެވެ.
އަދި ތިންވަނަ އަށް ހޮވުނު އައްޒަ ރަޝީދަށް ލިބުނީ ޕެނަސޮނިކް އޭސީ އެކެވެ.
އެ ފިހާރައިން ވަނީ ޕްރޮމޯޝަން ކުރިއަށް ގެންދިޔަ މުއްދަތުގައި އެ ފިހާރައިން ވިއްކާ ޕެނަސޮނިކް އަދި ބޯޝް ބްރޭންޑުގެ މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ވެސް ދީފަ އެވެ.