ބޭރުގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއް ރާއްޖެ އަށް އެތެރެކޮށް، ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ރެފްކޫލް އިން ރޯދަ މަހާ ދިމާކޮށް، އޭސީ އަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރެފްކޫލްގެ މާކެޓިން މެނޭޖަރު އަލީ ރައްޒާން ވިދާޅުވީ، އޭސީ ޕްރޮމޯޝަން ކުރިއަށް ދާނީ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. އަދި ޕްރޮމޯޝަނުގައި ރެފްކޫލް އިން ވިއްކާ މަޝްހޫރު ގްރީ އޭސީގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ލެޓްސް ކޫލް އިން ވިއްކާ ގެލެންޒް އަދި ސްކައިވޯތު އޭސީން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށް ރައްޒާން ވިދާޅުވި އެވެ.
ޕްރޮމޯޝަނުގެ ތެރެއިން މާލޭ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މީހުން އޭސީ ގަތުމުން، ހިލޭ ހަރުކޮށްދޭނެ ކަމަށް ވެސް ރައްޒާން ވިދާޅުވި އެވެ. އަދި އެހެން ރަށްރަށުގައި އުޅޭ މީހުން އޭސީ ގަތުމުން އޭސީ ހަރުކުރަން ބޭނުންވާ ބްރެކެޓާއި ދިހަ ފޫޓުގެ ހޮޅި ހިލޭ ދޭނެ އެވެ.
ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ އޯކިޑުމަގުގައި ހުންނަ ރެފްކޫލް ފިހާރައިގެ އިތުރުން އޯކިޑްމަގު ޖުމްހޫރީ މައިދާން ކަންމައްޗަށް ވާގޮތަށް ހުންނަ ލެޓްސްކޫލް ފިހާރަ އާއި ސޯސަން މަގުގައި ހުންނަ ލެޓްސް ކޫލް ފިހާރައިގެ އިތުރުން ހުޅުމާލޭގައި ހުންނަ ލެޓްސްކޫލް ފިހާރައިން އޭސީ ގަންނަ މީހުންނަށެވެ.
ރެފްކޫލް އިން ރާއްޖޭގައި ވިއްކަމުން އަންނަ ގްރީ އޭސީ އުފައްދާ ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު އޭސީ އުފައްދާ ކުންފުންޏެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި، ދުނިޔޭގައި އުފައްދާ ކޮންމެ ތިން އޭސީ އަކުން، އެއް އޭސީ އަކީ ގްރީ އޭސީ އެކެވެ.