ކުޑަކުދިންނަށް ހާއްސަ އެކި ވައްތަރުގެ ކުޅޭ އެއްޗެހި ފުޅާ ދާއިރާގައި ވިއްކާ، ކޮކީ ފިހާރައިން ޖޮއިކެޓް ބްރޭންޑުގެ އެޑިއުކޭޝަނަލް ކުޅޭ ސާމާނުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ފިހާރަ އިން ބުނީ، މިމަހުގެ 20 އިން އަންނަ މަހުގެ 3 އާ ހަމައަށް ކުރިއަށްދާ އެ ޕްރޮމޯޝަންގެ ދަށުން ޖޮއިކެޓް ބްރޭންޑްގެ ހުރިހާ ބާވަތަކުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ޖޮއިކެޓް އެޑިއުކޭޝަނަލް ސާމާނުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނީ މިމަހުގެ 22 އިން އަންނަ މަހުގެ 5 އަށެވެ.

ޕްރޮމޯޝަންގެ ދަށުން ޖޮއިކެޓް ބްރޭންޑްގެ ހުރިހާ ސާމާނެއް ވަކިން އެ ފިހާރައިގައި ޑިސްޕްލޭކޮށްފައި ހުންނާނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.

އެ ޕްރޮމޯޝަންގެ ދަށުން ޖޮއިކެޓް ބްރޭންޑްގެ ހުރިހާ ކުޅޭ ތަކެތިން ޑިސްކައުންޓް ލިބޭނެ އެވެ.

ކުޑަކުދިންގެ ކުޅޭ ސާމާނު ވިއްކާ "ކޮކީ"ގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ހުރެ އެވެ.