އެމްއެޗްއޭ އިން ވިއްކާ އޮޓޮގީ ރާމެންގެ އެކި ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އެ ކުންފުނީގެ ފިހާރަތަކުގައި ރާމެންގެ ޓޭސްޓިން އިވެންޓުތަކެއް މާދަމާއިން ފެށިގެން ބާއްވަން ނިންމައިފި އެވެ.
ތިން ދުވަހަށް ބަހާލައިގެން މި ހަރަކާތް ކުރިއަށް ގެންދަނީ ތިން އައުޓްލެޓެއްގަ އެވެ.
މި ހަރަކާތް މާދަމާ އޮންނާނީ ހުޅުމާލެ 2ގެ ވިނަރެސް ޓަވަރުގައި ހުންނަ އެމްއެޗްއޭގެ އައުޓްލެޓްގަ އެވެ. އެ ހަރަކާތް އަންނަ އާދިއްތަ ދުވަހު ހުމާލެ 1ގެ ރެއިންކްރެސްޓް ބިލްޑިންގެ އެމްއެޗްއޭ އައުޓްލެޓްގައި އޮންނާނެ އެވެ. އަދި ހޯމަ ދުވަހު މި ހަރަކާތް ބާއްވާނީ މާލެ، ފަރީދީ މަގުގައި ހުންނަ އެމްއެޗްއޭ މާޓުގަ އެވެ. މި ޕްރޮމޯޝަން ހަރަކާތްތައް ކޮންމެ ދުވަހަކު ހަވީރު 4 އިން ފެށިގެން އެ ދުވަހަކަށް ހާއްސަކޮށްފައިވާ އައުޓްލެޓެއްގަ އެވެ.
މި ހަރަކާތުގެ އިތުރުން އޮޓޮގީގެ އެންމެ މަގުބޫލު ފްލޭވާތަކުގެ ތެރޭގައި ހިމެނޭ ސްޓާ ފްރައި ޗީޒް ރާމެން ސްޕައިސީ، ޖިން ރާމެން ސްޕައިސީ އަދި ޔޫލް ރާމެން ޕެކެޓުތަކުގެ ސްޓޮކް ހުސްވުމާއި ހަމައަށް 20 ޕަސެންޓުގެ ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ.
އެމްއެޗްއޭއިން ވިއްކާ އޮޓޯގީ ރާމެންގެ ގިނަ ފްލޭވާތަކެއް ހުރެ އެވެ. އޮޓޮގީގެ އެންމެ މަގުބޫލު ފްލޭވާތަކުގެ ތެރޭގައި ހިމެނޭ ޗީޒް ރާމެން، ޖިން ރާމެންގެ މައިލްޑް އެންޑް ސްޕައިސީ އަދި ކިމްޗީ ރާމެން، ސްޓާ ފްރައި ޗީޒް ރާމެން، ޔޫލް ރާމެން ހިމެނެ އެވެ.
އެމްއެޗްއޭއިން ވިއްކާ މަގުބޫލު ޕްރޮޑަކްޓުތަކަށް ކޮންމެ މަހަކުހެން ހާއްސަ އޮފާތަކެއް ތައާރަފްކުރެ އެވެ.