ދިރާގުޕޭ އެޕް މެދުވެރިކޮށް ވަކި އަދަދުތަކެއް ރީލޯޑް ކޮށްގެން 6 ޕަސެންޓް ކްރެޑިޓް އިތުރަށް ލިބޭ ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.
ދިރާގުޕޭ މެދުވެރިކޮށް ރީލޯޑްކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބޭނެ ގޮތްތަކަކީ:
- 100 ރުފިޔާގެ ރީލޯޑަކަށް އިތުރު 6 ރުފިޔާ
- 200 ރުފިޔާގެ ރީލޯޑަކަށް އިތުރު 12 ރުފިޔާ
- 500 ރުފިޔާގެ ރީލޯޑަކަށް އިތުރު 30 ރުފިޔާ
އެ ހާއްސަ އޮފާ މެދުވެރިކޮށް ހިލޭ ކްރެޑިޓް ހޯދުމަށް، ދިރާގުޕޭ އެޕްގައިވާ "ފީޗަޑް" ޓެބްއަށް މެދުވެރިކޮށް "ދިރާގު ރީލޯޑް" ހިޔާރު ކުރުމަށްފަހު، ޕްރިޕެއިޑް ފޯނު ނަންބަރު އަދި ރީލޯޑްކުރަން ބޭނުންވާ އަދަދު ޖަހައިގެން ކުރިއަށް ދިއުމުން އިތުރު ކްރެޑިޓް ލިބޭނެ އެވެ. އެ އޮފާ އަންނަ ޖޫން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
ރީލޯޑް ހިދުމަތުގެ އިތުރުން ދިރާގުޕޭ އީ-ވޮލެޓުން ބިލް ސްޕްލިޓިން އާއި ސަބް ވޮލެޓާއި ޕިއަ-ޓު-ޕިއަ ޓްރާންސްފާ އާއި ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ލިބޭނެ އެވެ.
އެ ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމަށް ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.