ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ސައުދީ އަރައްބިއްޔާ އަށް ހިލޭ ގުޅޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
މިއީ މެދުއިރުމަތީގައި މިހާރު ފަށައިގެން އުޅޭ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ގާތް މީހުންގެ ހާލުބެލުމަށާއި މެދުކެނޑުމެއް ނެތި މުވާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދިން ހިދުމަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ޔޫއޭއީ އަދި ސައުދީ އަރައްބިއްޔާ އަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބޭނެ އެވެ.
އެ ދެ ގައުމަށް ހިލޭ ގުޅޭނެ މިނެޓް ލިބޭނީ #225* އަށް ޑައިލް ކޮށްގެންނެވެ. މި ހިލޭ މިނިޓުތައް މާދަމާގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި އެކްޓިވޭޓް ކުރުމަށް ފަހު، ހަތް ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އަމާޒަކީ މިފަދަ އެކި ދަނޑިވަޅުތަކުގައި ވެސް އެންމެ ފުރިހަމަ އަށް މުވާސަލާތު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.