ދިރާގުން ކުރިއަށްގެންދާ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވަން މާދަމާ ބާއްވާ އިވެންޓުގައި، ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭންގެ ހުށައެޅުންތައް ފެނިގެން ދާނެ އެވެ.
ދިރާގުގެ ޕްރޮމޯޝަންގައި ދޭ ފުރަތަމަ ލޯންޗުގެ ނަސީބުވެރިޔާ ހޮވަން ބާއްވާ އެ ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4 އިން ފެށިގެން ހުޅުމާލެ ފޭސް 2ގައި އޮންނަ ރާގު ބީޗުގަ އެވެ.
ފޯރިގަދަ ހަރަކާތްތަކަކާ އެކު ބާއްވާ އެ ހަރަކާތުގައި ރޮބޯމޭންގެ އިތުރުން ޑީޖޭ މީކާގެ ހުށަހެޅުންތައް ވެސް ފެނިގެން ދާނެ އެވެ. ރޮބޯމޭން އަކީ ފޯރިގަދަ އެކި ނެށުމުގެ އައިޓަމްތައް ހުށަހަޅާ ދިނުމުގައި މަޝްހޫރު ފަންނާނެކެވެ.
ދިރާގުން ސްޕީޑްބޯޓު ދޭ ޕްރޮމޯޝަންގެ ފުރަތަމަ ލޯންޗު ހޯދުމުގެ ވަގުތު މިހާރު ހަމަވެފައި ވިޔަސް، ޕްރޮމޯޝަންގައި ދޭ ދެ ވަނަ ލޯންޗު ހޯދުމަށް އަންނަ މާޗް މަހުގެ ނިޔަލަށް އެންރޯލް ކުރެވޭނެ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޓްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ.
މި ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅި އެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.