ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ހަލީފާގައި ރޯދަ މަހުގެ ދުވަސްތައް ހޭދަކުރުމަކީ ފަހަރުގައި އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ސަބަބަކީ އެ އިމާރާތުގައި ތިބޭ ބައެއް މީހުންނަށް ރޯދަ ވީއްލުން، ދުބާއީގެ އެހެން ހިސާބުތަކުގައި އުޅޭ މީހުންނަށް ވުރެ ފަސްކުރަން ޖެހުމެވެ.
ހަލީޖް ޓައިމްސް އިން ބުނި ގޮތުގައި ބުރްޖް ހަލީފާގެ 60 ވަނަ ފަންގިފިލާ އިން ފެށިގެން 120 ވަނަ ފަންގިލާގައި ތިބޭ މީހުން ރޯދަ ވީއްލަން ޖެހޭނީ ދުބާއީގެ އެހެން ތަންތަނުގައި އުޅޭ މީހުން ރޯދަ ވީއްލާތާ ހަތަރު މިނިޓް ފަހުންނެވެ. އަދި 121 ވަނަ ފަންގިފިލާއިން ފެށިގެން މަތީގައި އުޅޭ މީހުން ރޯދަ ވީއްލަން ޖެހޭނީ 6 މިނިޓް ފަހުންނެވެ.
މިގޮތަށް ދިމާވާނީ އިމާރާތުގެ މަތީ ފަންގިފިލާގައި ތިބ މީހުންނަށް އިރު އޮއްސުމާއި އިރު އެރުމުގައި މިނިޓްތަކެއްގެ ތަފާތެއް ހުންނާތީ އެވެ.
ރޯދަ މަހާ އެކު ދުބާއީގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީޒް ޑިޕާޓްމަންޓުން ވަނީ މިކަން ހަނދާންކޮށް ދިނުމުގެ ގޮތުން ސާކިއުލާއެއް ވެސް ނެރެފަ އެވެ.
މިކަން މާ ތަފާތު ކަމަކަށްވެގެން އެމެރިކާގެ މަޝްހޫރު އެސްޓްރޮފިޒިސްޓް ނީލް ޑެގްރާސް ޓައިޒަން ޓްވީޓް އެ ވާހަކަ ޓްވީޓް ވެސް ކޮށްފައިވެ އެވެ.