ދިރާގުން ފައިބަ ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ވ. އަތޮޅުގެ ތިން ރަށަކަށް އެޚިދުމަތް ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން ބުނީ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ވ. އަތޮޅު ކެޔޮދު އަށާއި ފުލިދޫ އަދި އެންމެ އާބާދީ މަދު އެއް ރަށް ތިނަދު އަށް ވެސް ދީފައިވާ ކަމަށެވެ.

"މިއިން ދޭހަވާ ކަމަކީ ދިރާގުން ރާއްޖޭގެ އެންމެ ބޮޑުން ފެށިގެން ކުދި ރަށްތަކަށް ވެސް ފަހުގެ ޓެކްނޮލޮޖީ އަށް ބިނާވެފައި އޮންނަ މުވާސަލާތުގެ ހިދުމަތް ފޯރުކޮށްދިނުމަށް އިސްކަންދޭކަން. މި ތިން ރަށުގައި ވެސް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައި،" އެ ކުންފުނިން ބުންޏެވެ.

ދިރާގުން ވ. ފުލިދުއަށް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން އެ ރަށުގެ ރައްޔިތުންނާއެކު. ފޮޓޯ: ދިރާގު
ދިރާގުން ވ. ފުލިދުއަށް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން އެ ރަށުގެ ރައްޔިތުންނާއެކު. ފޮޓޯ: ދިރާގު

ދިރާގުން ވަނީ އެ ޕްރޮމޯޝަނުގެ ދަށުން ފައިބަ ޚިދުމަތަށް އެދޭ ފަރާތްތަކަށް ފައިބަ ބްރޯޑްބޭންޑް ގުޅައިދިނުމަށް ފީއެއް ނުނަގާ ގޮތަށް ހަމަޖައްސައިފަ އެވެ. ފައިބަ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ.

ދިރާގުން ބުނީ ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ދެމުންއަންނަ އެންމެ ހަލުވި ސްޕީޑު 100 އެމްބީޕީއެސްއާ ހަމަޔަށް ހިމެނޭ އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ ޕެކޭޖް ވެސް އެކުލެވިގެންވާ ޚިދުމަތް ކަމަށެވެ.

ދިރާގުން ފައިބަ ނެޓްވޯކް ގާއިމްކޮށް، ފައިބަ ބްރޯޑްބޭންޑްގެ ޚިދުމަތް މިހާރު ދެނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އާއި ކ. މާފުއްޓާއި ތުލުސްދު އާއި ދިއްފުއްޓާއި ގުރައިދު އާއި ލ. ގަމާއި ފޮނަދޫ އަދި ބ. ދަރަވަންދު އަށެވެ.