ނިއު ޔޯކް (އޮކްޓޯބަރު 24) - އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާއި އަނބިކަނބަލުން ހިލަރީ ކްލިންޓަން ނިއު ޔޯކުގައި ދިރިއުޅުއްވާ ގޭގެ ކައިރިން ބޮމެއް ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެމެރިކާގެ ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގަތް ފަހުން، 2001 ވަނަ އަހަރުން ފެށިގެން ކްލިންޓަން ދިރިއުޅުއްވަނީ ނިއު ޔޯކް ސިޓީގެ އުތުރުން 50 ކިލޯ މީޓަރު ދުރުގައިވާ ޗައްޕަގުއާގަ އެވެ. ގޮވާ ޒާތުގެ އެއްޗެއް ކްލިންޓަންގެ ގެއާ ކައިރި ހިސާބަކުން ފެނުނު އިރު އެ އާއިލާގެ ބޭފުޅުން ގޭގައި އުޅުއްވި ކަމެއް ނޭނގެ އެވެ.
ނިއު ޔޯކް ޕޮލިހުން ބުނީ ބޮމުގެ ތަހުގީގާ ގުޅޭ ގޮތުން އެފްބީއައި އާއި ސީކްރެޓް ސާވިސް އަށް އެހީތެރިކަން ދީފައިވާ ކަމަށެވެ.