ބާސެލޯ ނަސެންދުރާ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ރޯވެފައިވަނީ އަމީރުއަހްމަދު މަގުން، ބާސެލޯގެ އިރުމަތީ ފަރާތުގައި އެއްކޮށްފައި ހުރި ކުނިތަކެއްގަ އެވެ.

މިހާރު ވަނީ އަލިފާން ނިއްވާލާފައި ކަމަށާއި މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުނީ ހެނދުނު 10:38 ގަ އެވެ. އަދި ސިފައިން ގޮސް ކުރި މަސައްކަތުން 10:49 ގައި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

ބާސެލޯ ނަސަންދުރަ ކައިރީގައި ހުރި ކުނިތަކެއްގެ ރޯވުމުން އަލިފާން ނިއްވަން އެތަނަށް ދިޔަ ފަޔަ އެންޑް ރެސްކިއުގެ ވެހިކަލެއް. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ބާސެލޯ ނަސަންދުރަ ކައިރީގައި ހުރި ކުނިތަކެއްގެ ރޯވުމުން އަލިފާން ނިއްވަން އެތަނަށް ދިޔަ ފަޔަ އެންޑް ރެސްކިއުގެ ވެހިކަލެއް. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފުރަތަމަ ޚަބަރު ލިބުނު އިރު، ނަސަންދުރާގައި ރޯވި ކަމަށް ރިޕޯޓްކުރި ނަމަވެސް އިމާރާތަށް އަލިފާނުގެ އަސަރެއް ނުކުރެ އެވެ.