ނަސަންދުރާ އިމާރާތުގެ ލިފްޓެއް ވެއްޓި މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނަސަންދުރާގައި ހަދަމުންދާ އިމާރާތުގެ ލިފްޓެއް ވެއްޓި މީހަކަށް އަނިޔާވެގެން ހެނދުނު 10:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އަނިޔާވި ބިދޭސީ ފިރިހެން މީހާ އަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ. ހަށިގަނޑުގެ ބޭރު ފުށުން މާ ބޮޑެތި ޒަހަމްތަކެއް ފެންނަން ނެތަސް އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.