އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ބ. ކުޑަރިކިލަށް މިއަދު ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނީ އެ ރަށުގެ ކަސްޓަމަރުންނަށް މިހާރު 100 އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑުގައި އިންޓަނެޓު ލިބޭނެ ކަމަށެވެ. އަދި އެ ހިދުމަތަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އުރީދޫން ބުނީ ފައިބާ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ހިދުމަތާ އެކު މި ވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް ހުރި ހިދުމަތް ކަމަށެވެ.

އުރީދޫން ބުނީ ސުޕަނެޓްގެ ހިދުމަތް އަލަށް އަލަށް ނަގާ ކަސްޓަމަރުންނަށް ވެސް މިހާރު އެ ކުންފުނިން ކުރިއަށް ގެންދާ ވޯލްޑްކަޕްގެ ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. އެ ލަކީޑްރޯގައި ބައިވެރިވެވޭނީ އުރީދޫގެ ހިދުމަތްތައް ބޭނުން ކޮށްގެންނެވެ.

އެ ލަކީޑްރޯއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕް ގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.