މި ވެރިކަން ބަދަލުކުރުމުގެ މާ ބޮޑު ޖޯޝާއި ފޯރިއެއް މި ފަހަރު ނެތް ކަމަށާއި، ނަމަވެސް އެއްވެސް ވަރަކަށް ދޫ ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

އަންނަ މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަަށް، ބ. ހިތާދުއަށް ވަޑައިގެން މި ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި، އެކުވެގެން އަބަދުވެސް އެންމެން ނުކުންނަނީ އެ އިރަކު އޮންނަ ވެރިކަން ބަދަލުކުރުމަށް ކަމަށެވެ.

އެ މަސައްކަތަށް ޖޯޝާއި ފޯރީގައި ކުރިން ނުކުތަސް، މިި ފަހަރު އެ މަންޒަރެއް ނުފެންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

"ބައެއްފަހަރު އަޅުގަނޑުމެން ކުރާ ދަތުރުތަކުން މާ ފޯރިއެއް ނެތް، މާ ޖޯޝު ނެތް ކެމްޕެއިނެއްގެ ގޮތުގައި އެބަ ފެނިގެންދޭ. ފަހަރެއްގައި އެ ވެދާނެ ކުރިއާ ހިލާފަށް މިހާރު މި އޮތް ސަރުކާރު، ކުރީގައި ވިއްޔާ އަބަދު ވެސް ނުކުންނަނީ އެ އިރެއްގައި އޮންނަ ސަރުކާރެއް ބަދަލުކުރަން، ވަރަށް ޖޯޝާއި ފޯރިއާ އެކު އެންމެން އެކުވެގެން. އެކަމަކު އެ ރޫހެއް މިއަދަކު ނުފެނޭ."

ރައީސް ވިދާޅުވި ގޮތުގައި ކެމްޕެއިނެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނަނީ އެމްޑީޕީ އަދި ގުޅިފައިވާ ކޯލިޝަންތަކުން އެކަންޏެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކިހާދުއަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ކިޔަަން ނުކުމެ ހުރި މީހެއްގެ ވާހަކައެއް އަޑުއައްސަވަނީ.-- ފޮޓޯ: އެމްޑީޕީ
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކިހާދުއަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ކިޔަަން ނުކުމެ ހުރި މީހެއްގެ ވާހަކައެއް އަޑުއައްސަވަނީ.-- ފޮޓޯ: އެމްޑީޕީ

ނަމަވެސް، ފަރުވާވެރިވެ، އެންމެން ވޯޓުލުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރާ ދޭތެރޭގައި މީހުން އެހާ ބޮޑަށް ހިތްހަމަނުޖެހިގެން އުޅޭ ތަނެއް ނުފެނެ އެވެ.

"އަރައި ފައިބާ ކޮންމެ ރަށަކުން ވެސް ވަކި ބަޔަކު އަމިއްލަ ކަމެއްގައި ކޮށްލައި ބައެއް ކަންތައްތައް ރަށްރަށުން ފެނޭ. އެހެން ނަމަވެސް، ޖުމްލަކޮށް، އަޅުގަނޑަށް ނުފެނޭ އެއްވެސް ރަށަކުން މި ސަރުކާރަކާ ދޭތެރޭގައި އެހާ ބޮޑަށް ހިތްހަމަނުޖެހިގެން، އެހެންނު، ހުންނާނެ. އެއްވެސް މީހަކީ ހުރިހާ ކަމެއް 100 ޕަސެންޓް ފުރިހަމައަށް ކުރެވޭނެ މީހެއް ނޫން. އެގޮތުން ކަންބޮޑުވާ ބައެއް ކަންތައްތައް ހުރެދާނެ. އެހެން ނަމަވެސް، ކުރިއާ ހިލާފަށް އެ ރޫހުގައި، އެ ޖޯޝުގައި ސަރުކާރެއް ބަދަލުކުރަން ނިކުމެ ތިބި ތަނެއް އަޅުގަނޑަކަށް ނުފެނޭ." ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި މަސައްކަތަށް ދުލެއް ދޭކަށް އަޅުގަނޑުމެންނަށް ނުފެނޭ. އަޅުގަނޑުމެންގެ ކެމްޕެއިން ހަމަ ޖޯޝާއެކީގައި ކުރިއަށްގެންދޭ."

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކިހާދުއަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ކިޔަަން ނުކުމެ ހުރި މީހަކާއެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އެމްޑީޕީ
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކިހާދުއަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ކިޔަަން ނުކުމެ ހުރި މީހަކާއެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އެމްޑީޕީ

އެ މަނިކުފާނު ވަނީ މި ރަށަށް ވައުދުވެވަޑައިގެންނެވި ބަނދަރާއި ވޮލީކޯޓު ހަދައި ހުޅުވައިދެއްވައިފަ އެވެ.

ކުރިން ވަކި ތަންތަނަށް އަމާޒުކޮށް ޕްރޮޖެކްޓުތައް ހިންގުމުން ރާއްޖެއަށް ބޭނުންވާ ކުރިއެރުން ލިބިގެން ނުދިޔަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ތަންތަނުގައި ހުރި ވަސީލަތްތައް ވެސް ފައިދާ ހުރި ގޮތުގައި ބޭނުން ނުކުރެވި ދިޔަ ކަމަށާއި ހަމަހަމަކޮށް ކަންތައް ކޮށްދޭ ކަމުގެ ނަތީޖާއަކީ ރަށުން ފުރައިގެން ދާނެ ގޮތާއި ބޯނެ ފެން ހޯދާނެ ގޮތް އަދި ބަނދަރު މަތީގައި އަޅާފައި އޮންނަ ދޯނި ބަލަން ހޭލާ ތިބޭކަށް ނުޖެހުން ކަން ފާހަގަކުރެއްވި އެވެ.

ކިހާދުއަށް ބަނދަރެއް ހަދައިދިނުމަށް އެކި ސަރުކާރުތަކުގައި މި ރަށު ރައްޔިތުން އެދުނު ކަމަށާއި އެކަމަކު، މީގެ ކުރީގެ މަޖިލިސް އިންތިހާބުތަކުގައި ވާދަކުރެއްވި ދެ މެމްބަރަކު، އެ ބޭފުޅުންގެ ދާއިރާއަށް ކޮށްދިން ކަންތައްތައް ފިޔަވައި އިތުރު ކަމެއް މި އެއްވެސް ރަށަކުން ފެންނަން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ރަށުގައި ބަނދަރު ހެދުމަށް އެ މަނިކުފާނާ ބައްދަލުކުރުމަށް އެދިވަޑައިގަތުމުން، ފުރުސަތު ލިބިވަޑައިގަތީ އެ މަނިކުފާނާ ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމަށެވެ.

ބައެއްފަހަރު އަޅުގަނޑުމެން ކުރާ ދަތުރުތަކުން މާ ފޯރި ނެތް، މާ ޖޯޝު ނެތް ކެމްޕެއިނެއްގެ ގޮތުގައި އެބަ ފެނިގެންދޭ. ފަހަރެއްގައި އެ ވެދާނެ ކުރިއާ ހިލާފަށް މިހާރު މި އޮތް ސަރުކާރު، ކުރީގައި ވިއްޔާ އަބަދު ވެސް ނުކުންނަނީ އެ އިރެއްގައި އޮންނަ ސަރުކާރެއް ބަދަލުކުރަން، ވަރަށް ޖޯޝާއި ފޯރިއާއެކު އެންމެން އެކުވެގެން. އެކަމަކު އެ ރޫހެއް މިއަދަކު ނުފެނޭ: ރައީސް

އެކަމަކު، އެ ދުވަހު މުއިއްޒު ދެއްވި ޖަވާބަކީ ރައީސް ވިދާޅުވި ގޮތުގައި، "އެންމެ 400 މީހުން ދިރިއުޅޭ ރަށަކަށް ކީއްކުރާ ބަނދަރެއްހޭ" އެވެ. ނަމަވެސް، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ނަމުގައި މިއަދު ނުކުމެވަޑައިގެން ހުންނެވި ބޭފުޅަކު އެ ދުވަހު ދެއްވި ޖަވާބަކީ އެއީ ކަމަށް ވިދާޅުވި އެވެ.

ކިހާދުއަށް މި ސަރުކާރުން ކޮށްދީފައިވާ ކަންތައްތަކުގެ އިތުރުން، ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ހެލްތު ސެންޓަރު ރަނގަޅުކޮށް، އެ ތަނުގެ ހިދުމަތް 16 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކޮށް، ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބު ހަދައިދިނުމަށް ވައުދުވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން ރަށުގެ ފަޅު ފުންކޮށް، އެކަންތައް ކޮށްދޭއިރު ސްވިމިން ޓްރެކެއް ހެދުމާއި އިންޖީނުގެ އާ ތަނަކަށް ބަދަލުކޮށް، ރަނގަޅަށް ކަރަންޓު ލިބޭނެ ގޮތް ހަދައިދިނުމާއެކު، އޭޓީއެމް މެޝިނެއް ބަހައްޓައިދޭނެ ކަމަށް ވިދާޅުވި އެވެ.