ދިރާގުން ބ. ފެހެންދޫގައި ހައިސްޕީޑް އިންޓަނެޓް ދޭން ފަށައިފި އެވެ.

މި ދެ ހިދުމަތާ އެކު ފެހެންދޫގައި އިންޓަނެޓަށް ބޭނުންވާ ރައުޓަރާއި ފައިބަ ކޭބަލް ހިލޭ ގުޅައިދޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީ އާއި ހައިސްޕީޑް އިންޓަނެޓް، ފެހެންދޫއަށް ތައާރަފް ކުރުމުގެ ތެރެއިން ---ފޮޓޯ: ދިރާގު
ދިރާގު ޓީވީ އާއި ހައިސްޕީޑް އިންޓަނެޓް، ފެހެންދޫއަށް ތައާރަފް ކުރުމުގެ ތެރެއިން ---ފޮޓޯ: ދިރާގު

"މިއީ ފެހެންދޫ ރައްޔިތުންނަށް އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް" ދިރާގުން ބުންޏެވެ.

ދިރާގު ފައިބަ ބްރޯޑް ބޭންޑް ހިދުމަތް ރާއްޖޭގެ 87 ރަށެއް ހިމެނޭހެން، މީހުން ދިރިއުޅޭ ގޭބީސީތަކުގެ 85 ޕަސެންޓަށް މިހާރު ވެސް އަންނަނީ ދެމުންނެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ 85 ޕަސެންޓް ރަށަށް ދިރާގު ޓީވީގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.