މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރަށްރަށުގެ ސްކޫލުތަކަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަން ފަށައިފި އެވެ.

މި ސެޝަންތައް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ފުވައްމުލަކުގަ އެވެ. ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ބޭއްވި ސެޝަންގައި އެ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވި އެވެ.

އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގަވަރުނަރު ވަނީ އޭނާގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކުރައްވައި ދަރިވަރުންގެ ފަރާތުން ގަވަރުނަރަށް ހުށަހެޅުނު އެކި ސުވާލުތަކަށް ޖަވާބު ދެއްވާލައިފަ އެވެ.

މި ލެކްޗާ ސީރީސްގައި ދަރިވަރުންނަށް މައުލޫމާތު ދިން ބައިތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާ ހިމެނެ އެވެ. މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވެސް މައުލޫމާތު ވަނީ ދީފަ އެވެ.