އެވޮކާޑޯ ކައިގެން ލިބޭ ފައިދާތަކާ ބެހޭ ގޮތުން ހަދާ ދިރާސާއަކަށް، ހަ މަސް ދުވަހުގެ މުއްދަތަކަށް އެވަކާޑޯ ކާނެ ބަޔަކު ހޯދަން އެމެރިކާ ލޯމާ ލިންޑާ ޔުނިވަސިޓީން އިއުލާންކޮށްފި އެވެ

މި ދިރާސާއަކީ އެ ޔުނިވަސިޓީން އިސް ނަގައިގެން ޕެން ސްޓޭޓް ޔުނިވަސިޓީ، ޓަފްސް ޔުނިވަސިޓީ އަދި ކެލިފޯނިއާ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ދިރާސާއެކެވެ. އެގޮތުން ކޮންމެ ޔުނިވަސިޓީއަކުން ވޮލަންޓިއާކޮށް، އެވަކާޑޯ ކާނެ 250 މީހަކު ހޯދާނެ އެވެ. އެހެންވެ މިއީ އެ ޔުނިވަސިޓީތައް ހުރި ސިޓީތަކުގެ ޒުވާނުންނަށް ހުޅުވިފައި އޮތް ދޮރެކެވެ.

މިކަމަކަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުގެ މީހަކަށްވުން ހިމެނެ އެވެ. އެގޮތުން އަންހެނެއް ނަމަ އުނަގަނޑުގެ ސައިޒް ހުންނަން ޖެހެނީ 35 އިންޗީގަ އެވެ. ފިރިހެނެއް ނަމަ 40 އިންޗި އެވެ.

ދިރާސާ ކުރިއަށް ގެންދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއް ގްރޫޕަކީ ހަ މަސް ވަންދެން ކޮންމެ ދުވަހަކު އެވޮކޯޑާއެއް ކާންޖެހޭ މީހުންނެވެ. އަނެއް ގްރޫޕަކީ އެ މުއްދަތުގެ ތެރޭގައި މަހަކު ދެ އެވޮކާޑޯ ކާންޖެހޭ މީހުންނެވެ.

މި ދިރާސާގައި ބައިވެރިވެގެން އާމްދަނީއަކަށް 300 ޑޮލަރު ވެސް ލިބޭނެ އެވެ. ދިރާސާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު އޮންލައިންކޮށް ބައިވެރި ވެވޭނެ އެވެ. އެގޮތުން ވަނީ އޮންލައިން ކްއެޝަނާއެއް ހުޅުވާލައިފަ އެވެ.

ދިރާސާ ކުރިއަށް ގެންދާ ޔުނިވަސިޓީތަކުން ބުނީ ދިރާސާ އަށް ވޮލަންޓިިއާ ކުރާ މީހުން ހަމަޖެއްސުމަށް ފަހު، އެ ތަންތަނުން މިކަން ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދުތަކާއި އަދި ކަމާ ގުޅުން ހުރި އިތުރު ކަންކަން ގަވައިދުން މޮނިޓަ ކުރަމުން ގެންދާނެ ކަމަށެވެ.

އެގޮތުން ދިރާސާ އަށް ނަގާ މީހުންނާ އިންޓަވިއުކޮށް، މެމޮރީ ޓެސްޓް ހަދައި ކްލިނިކް ވިޒިޓިންތައް އޮންނާނެ އެވެ.