ހުޅުމާލޭގައި ހުންނަ ލަގްޒަރީ ރެޒިޑެންޝަލް އެޕާޓްމަންޓް ކޮމްޕްލެކްސް އިން 10 އެޕާޓްމަންޓެއް ގަތުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށް އަކުއާ ވީޓާއިން ބުނެފި އެވެ.
އެ ރެޒިޑެންޝަލް އެޕާޓްމަންޓު ކޮމްޕްލެކްސްއިން ވިއްކުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެއް ޕެންޓު ހައުސް އާއި 3 ޑުޕްލެކްސް ޕެންޓްހައުސާއި ހަ 1+2 ބެޑްރޫމްގެ އެޕާޓްމަންޓުތަކެވެ. މި އެޕާޓްމަންޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ޕޭމަންޓު ޓާމަށް ބަލައި ރަނގަޅު ރަނގަޅު އަގެއް ދެވޭނެ ކަމަށް ބުންޏެވެ.
މި އެޕާޓްމަންޓުތަކަކީ ވަގުތުން ދިރިއުޅެން ފެށޭ މިންވަރަށް ނިމިފައިވާ ތަންތަނެވެ.
އަކުއާ ވީޓާގެ އެޕާޓްމަންޓުތައް ފަރުމާކޮށްފައި ވަނީ ޖާގަ ތަނަވަސް ބަދިގެ އާއި ސިޓިން ރޫމަކާ އެކު އެވެ. ހާޑްވުޑް ފްލޯރިން އަޅައި ހަދާފައިވާ މި ތަނުގެ އެޕާޓްމަންޓުތަކުގައި އިރުގެ ހޫނުމިން ވަންނަ މިންވަރު ދަށްކުރުމަށް ކުޑަދޮރުތައް ވަނީ ޑަބަލް ގްލޭޒްކޮށްފަ އެވެ. އަދި މި ތަނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެންޓްރަލައިޒްޑް ގޭސް ސިސްޓަމެއް ގާއިމް ކޮށްފައިވާ އެޕާޓްމަންޓު ކޮމްޕްލެކްސް އެވެ.
އަކުއާ ވީޓާއިން މިހާރު ގަތުމަށް ހުޅުވާލާފައިވާ އެޕާޓްމަންޓްތައް ފިޔަވައި ބާކީ ހުރި 87 އެޕާޓްމަންޓު ވަނީ ވިކިފަ އެވެ. އަދި އެ އެޕާޓްމަންޓުތަކުގައި މީހުން ދިރިއުޅެމުން ދާތާ މިހާރު 11 މަސްވެފައިވާކަން އެ ތަނުން ފާހަގަކުރެ އެވެ.
ހުޅުމާލޭގައި ހަދާފައިވާ 14 ބުރީގެ މި އިމާރާތުގައި ޕޫލަކާއި ޖިމަކާއި ހަފްލާތައް ބާއްވަން ހާއްސަ ތަނެއް ވެސް އޮވެ އެވެ.
މި ތަނަކީ އަހަރު ކުލީގެ އާމްދަނީގެ ގޮތުގައި 8 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ލިބޭނެ ތަނެއް ކަމަށާއި ސެކަންޑަރީ މާކެޓުގައި ވެސް މި ތަނުން 20 ޕަސެންޓަށް ވުރެ ބޮޑު ކެޕިޓަލް ގެއިންއެއް ލިބޭ ކަމަށް އަކުއާ ވީޓާއިން ބުންޏެވެ.
މި ތަނުގެ އެޕާޓްމަންޓުތަކުގެ މައުލޫމާތު 7631385 އިންނާއި އަކުއަ ވީޓާގެ ވެބްސައިޓުން ލިބޭނެ އެވެ.