ހުޅުމާލޭގައި ހުންނަ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، އަކުއާ ވީޓާއިން އެޕާޓްމަންޓު ގަތުމަށް ލިމިޓަޑް އޮފާއެއް ތައާރަފްކޮށްފި އެވެ.

މި އޮފާގެ ދަށުން ޑިސްކައުންޓް ރޭޓެއްގައި ފްލެކްސިބަލް ޕޭމަންޓް ޕްލޭނެއްގައި ފައިސާ ދައްކާ ހަމަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އަކުއާ ވީޓާއިން ބުންޏެވެ. މި އޮފާގެ ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.

މި ތަނުގެ އެޕާޓްމަންޓުތައް ވިއްކަން ފަށާ އަގަކީ 6.2 މިލިއަން ރުފިޔާއެވެ.

އަކުއާ ވީޓާގައި މި އެޕާޓްމަންޓުތަކުގެ ތެރޭގައި 1،167 އަކަފޫޓާއި 1،090 އަކަފޫޓުގެ 1+2 ބެޑްރޫމުގެ އެޕާޓްމެންޓާއި 1،427 އަކަފޫޓުގެ 1+3 ބެޑްރޫމުގެ އެޕާޓްމަންޓު ހިމެނެ އެވެ. މި ތަނުގެ އެޕާޓްމަންޓުތަކަކީ ފާނިޝްކޮށް، ވަގުތުން ބަދަލުވެވޭ ގޮތަށް ރެޑީގައި ހުރި ތަނެއް ކަމަށް އެ ތަނުން ފާހަގަކުރެ އެވެ.

މި ތަނަކީ ލަގްޒަރީ ދިރިއުޅުމެއް ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ އެންމެ ފުރިހަމަ ތަޖުރިބާ ލިބޭ، އާއިލާތަކަށް ހާއްސަ ތަނެއްގެ ގޮތުގައި އަކުއާ ވީޓާއިން ބުނެ އެވެ. މި ތަނުގައި ސުވިމިން ޕޫލަކާއި ހަފްލާތައް ބޭއްވުމަށް ހާއްސަ ތަނަކާއި ޖިމެއް އަދި މުނިފޫހިފިލުވާލައި ތަފާތު ކުޅިވަރުތައް ކުޅެލެވޭނެ ކްލަބް ހައުސްއެއް މި ތަނުގައި ހުރެ އެވެ.

ތަނަކީ މިހާރު އޮތް ވާދަވެރި ރިއަލް އެސްޓޭޓް މާކެޓުގައި ލިބޭނެ ރަނުގެ ފުރުސަތެކެއްގެ ގޮތުގައި އެ ތަނުން ސިފަކުރެ އެވެ. މި ތަނުން އަހަރު ކުލީގެ އާމްދަނީގެ ގޮތުގައި ހަތް ޕަސެންޓު ލިބޭނެ ކަމަށް ބެލެވެ އެވެ. މި ތަނަކީ ޑެންޝަލް ރިއަލް އެސްޓޭޓްގެ ދާއިރާއިން ހަރުދަނާ އަދި ބޮޑު ފައިދާއެއް ލިބޭ އެސެޓެއް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިންވެސްޓުކުރަން އޮތް އެންމެ ފުރިހަމަ އެއް އޮޕްޝަން ކަމަށް އަކުއާ ވީޓާއިން ބުންޏެވެ.

މި ތަނުގެ އެޕާޓްމަންޓުތަކުގެ މައުލޫމާތު 7395554 އަދި 7388866 އިންނާއި އަކުއަ ވީޓާގެ ވެބްސައިޓުން ލިބޭނެ އެވެ.