އެންމެ ފުޅާ ދާއިރާގައި ސްމާޓްފޯނު އުފައްދާ، އެޕަލް އިން ނެރޭ އެންމެ ފަހުގެ ފޯނު، އައިފޯނު 15 ގެ ޕްރޮޑަކްޝަން އިންޑިއާގެ ޓެމިލްނާޑޫގައި ފަށަން ނިންމައިފި އެވެ.

އެޕަލް އިން އަންނަނީ އެޕަލް ފޯނު އެސެންބަލް ކުރުމުގައި ޗައިނާ އަށް ބަރޯސާވާ ވަރު ކުޑަ ކުރުމަށް މަސައްކަތް ފަށައިފަ އެވެ. އެހެންވެ އިންޑިއާގައި ވެސް އެޕަލްގެ އައިޕޯން ޕްރޮޑަކްޝަން އިތުރު ކުރަން ވަނީ ނިންމައިފަ އެވެ.

އެޕަލްގެ އައިފޯން 14 ގެ ކުރިން އިންޑިއާ އިން ދިޔައީ އެޕަލް ސިވްލާ ފޯނުގެ އެސެމްބަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެޕަލް އިން މިދިޔަ މާޗް މަހުގެ ނިޔަލަށް ދިއައީ އެޕަލް ފޯނު އެސެމްބަލް ކުރުމުގެ ހަތް ޕަސެންޓް މަސައްކަތް ކުރަމުންނެވެ. އެޕަލް އިން މަސައްކަތް ކުރަނީ ޗައިނާ އާއި އިންޑިއާއާ އެއް ވަރަކަށް އެޕަލްގެ ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށް ގެންދެވޭތޯ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެޕަލް ފޯނުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޓެމިލްނާޑޫގެ ސްރީޕާރަމްބަދޫރްގައި ހުންނަ ފޮކްސްކޮން ފެކްޓްރީގަ އެވެ.

އެ ފެކްޓްރީގެ އިތުރުން، ޕެގަޓްރޯން އާއި ވިސްޓްރޯން ކޯޕް ފެކްޓްރީގައި ވެސް އައިފޯން 15 އެސެމްބަލް ކުރާނެ އެވެ. އެޕަލް އިން ފުރަތަމަ ރީޓެއިލް ސްޓޯ ހުޅުވީ މި އަހަރުގެ އޭޕްރީލްގަ އެވެ. އެއާ އެކު އެޕަލްގެ އުފެއްދުންތައް ވިކޭވަރު ވަރަށް ބޮޑަށް އިތުރުވި އެވެ.

އައިފޯނު 15 ނެރެނީ އަންނަ މަހުގެ 22 ގަ އެވެ. އާ ފޯނުގައި ކެމެރާ އާއި ޕްރޮސެސާ އަށް އަޕްގްރޭޑްތަކެއް އަންނާނެ އެވެ.