ލަފާކުރި އާމްދަނީ ދަށްވީ ޗައިނާގެ އިގްތިސާދީ ކުރިއެރުން މަޑުޖެހުމުގެ ސަބަބުން ކަމަށް އެޕަލް އިން ބުނެފި އެވެ.
އެޕަލް ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ 89 ބިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް މި މުއްދަތުގައި ލިބިފައިވަނީ 84 ބިލިއަން ޑޮލަރެވެ. އާމްދަނީ ހަތް ޕަސެންޓަށް ދަށްވެފައިވާއިރު އާންމުގޮތެއްގައި ފެސްޓީވް ސީޒަނަކީ އެޕަލް އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދުވަސްވަރެވެ.
އެޕަލްގެ އާމްދަނީ 84 ބިލިއަން ޑޮލަރުގައި ހުރި އިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ފަސް ޕަސެންޓްގެ ދަށްވުމެކެވެ. މިއީ 2016 ވަނަ އަހަރަށް ފަހު އެޕަލްގެ އާމްދަނީ އަހަރުން އަހަރަށް ދަށްވި ފުރަތަމަ ފަހަރެވެ.
އެޕަލްގެ ޗީފް އެގްޒެކެޓިވް ޓިމް ކުކް ވިދާޅުވީ، އެކުންފުނީގެ އާމްދަނީ އެހާ ބޮޑަށް ދަށްވެފައި ވަނީ ޗައިނާ އިން ލިބުނު އާމްދަނީ ދަށްވުމާ ގުޅިގެންނެވެ. ޗައިނާ އާއި ހޮންގް ކޮންގާއި ޓައިވާނަކީ އެޕަލްގެ އާމްދަނީގެ 20 ޕަސެންޓް ހިއްސާވާ ސަރަހައްދެވެ.
މިދިޔަ އަހަރު އެޕަލްގެ ޖުމްލަ އާމްދަނީ 265.6 ބިލިއަން ޑޮލަރަށް އަހަރެ އެވެ.