ދިވެހިންގެ މަސައްކަތްތައް ފުޅާވެ، ބޭނުންތައް މި ވަނީ އިތުރުވެފަ އެވެ. އެ ކޮންމެ މަސައްކަތެއްގައި ވެސް، ރައްކާތެރިކަން އޮންނަން ޖެހޭނީ ޔަގީންވެފަ އެވެ. ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ ފުޅާވެ، ގިނަ ކުންފުނިތަކެއް އުފެދިގެން އައީ މިފަދަ ބޭނުންތައް އިތުރުވެ، ޑިމާންޑް ބޮޑު ވުމުންނެވެ. މި ކުންފުނިތަކުން އިންޝުއަރެންސް އިންޑަސްޓްރީ އަށް ބޮޑު ވާދަވެރިކަމެއް ގެނެސް، ތަފާތު ގިނަ ޕެކޭޖުތަކެއް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ.
ނަމަވެސް މި ފަހަރު ދައްކަން މި އުޅެނީ އިންޝުއަރެންސް ބާޒާރުގައި އެހެން ކުންފުނިތަކާ ތަފާތު ކުންފުންޏެއް ކަމަށްވާ އަމާނާ ތަކާފުލްގެ ވާހަކަ އެވެ. އަމާނާ ތަކާފުލްއާ އެހެން ކުންފުނިތަކާ ހުރި އެންމެ ބޮޑު ތަފާތަކީ، މިއީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް އިންޝުއަރެންސް ކުންފުންޏަށް ވުމެވެ. އަދި އެ ކުންފުނިން ނެރެފައިވާ، ހުރިހާ ގޮތަކުން ވެސް ރައްކާތެރިކަން ކަށަވަރު ކޮށްދޭ ޕެކޭޖުތައް ވެސް ތަފާތެވެ.
އެގޮތުން އަމާނާ ތަކާފުލްގެ "ދަހަނާ" ޕެކޭޖަކީ ތަފާތު ޕްރޮޑަކްޓެކެވެ. މިއީ ހާއްސަކޮށް ބުރަ މަސައްކަތުގައި އުޅޭ މީހުން ކޮންމެހެން ވެސް ނަގަން މުހިންމު ޕެކޭޖެކެވެ. ބުރަ މަސައްކަތުގައި ނޫޅޭ މީހުންގެ ތެރެއިން ވެސް 18-60 އަހަރުގެ ކޮންމެ މީހަކަށް ވެސް މި ޕެކޭޖު ނެގުމުގެ ފުރުސަތު އެބައޮތެވެ.
ދަހަނާ ޕެކޭޖް ނަގާފައިވާ ދަނޑުވެރިންނާއި، މަސްވެރިން ނުވަތަ އެހެނިހެން މަސައްކަތުގައި އުޅޭ މީހަކަށް، މަސައްކަތުގައި ނުވަތަ އާންމު ދިރިއުޅުމުގައި ދިމާވާ ތަފާތު ހާދިސާތަކުން 100،000ރ. އާއި ހަމަ އަށް ގެއްލުމުގެ ބަދަލު ލިބޭނެ އެވެ. މިހާ ބޮޑު ބަދަލެއް ލިބޭއިރު، ޕެކޭޖަށް އަހަރަކަށް ދައްކަން ޖެހޭނީ 400ރ. އެވެ.
މީގެ އިތުރުން ދަހާނާ ސޭފް ޑްރައިވަކީ ވެސް ފާހަގަ ކޮށްލެވޭ ޕެކޭޖެކެވެ. މިއީ އެއްގަމު އުޅަނދުގެ ތާޑްޕާޓީ އިންޝުއަރެންސް ނަގާއިރު ނެގިދާނެ ޕެކޭޖެކެވެ. މި ޕެކޭޖުގެ ހާއްސަ ކަމަކީ އަހަރަކަށް 60ރ. ދެއްކުމުން، އެ އަހަރެއްގެ ތެރޭގައި ހާދިސާއެއް ހިނގައިފި ނަމަ 30،000ރ. އާއި ހަމަ އަށް ގެއްލުމުގެ ބަދަލު ލިބުމެވެ.
އަމާނާ ތަކާފުލްގެ "ކަށަވި" އަކީ ވެސް ފާހަގަ ކޮށްލެވޭ ޕެކޭޖެކެވެ. މިއީ ސިފައިންނާއި، ފުލުހުންނާއި، ކަސްޓަމްސް، އިމިގްރޭޝަން، އެއާޕޯޓް ރެސްކިއު އަދި ޑިޒާސްޓާ މެނޭޖްމަންޓްގެ އިތުރުން ކަރެކްޝަންސްގެ އޮފިސަރުންނަށް ހާއްސަ ޕެކޭޖެކެވެ. މި ޕެކޭޖުގެ އެންމެ ބޮޑު ތަފާތަކީ، އެ މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި ޕެކޭޖަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހުމެވެ.
ޕެކޭޖުގައި ހިމެނޭ އިދާރާއެއްގައި މަސައްކަތް ކުރާ މީހަކު އަމާނާ ތަކާފުލް އިން ތާޑް ޕާޓީ އިންޝުއަރެންސް ނަގައިފިނަމަ ކަށަވި ޕެކޭޖް ލިބޭނެ އެވެ. އެ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ތައާރަފް ކޮށްފައިވާ ޕެކޭޖެއް ކަމަށާއި، ހާދިސާއެއްގައި ގެއްލުމެއް ލިބިއްޖެ ނަމަ، މި ޕެކޭޖުގެ ދަށުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 500،000ރ.އާ ހަމަ އަށް ލިބޭނެ ކަމަށެވެ.
އަމާނާ ތަކަފުލް އަކީ އިންޝުއަރެންސް ޕެކޭޖުތައް ތައާރަފް ކުރާ އިރު، ޕެކޭޖެއް ނަގާ މީހާ އަށް ހުރިހާ ގޮތަކުން ވެސް ރައްކާތެރިކަން ކަށަވަރު ކޮށްދީފައިވާ ޕެކޭޖެއް ކަން ޔަގީން ކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ އަމާޒަކީ ވެސް މިއެވެ.
އަމާނާ ތަކާފުލްގެ ހިދުމަތްތައް ވީހާ ވެސް ގާތުން، ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހެދުމަކީ ވެސް އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެކެވެ. އެ ގޮތުން އެ ކުންފުނީގެ އޮފީހާއި އެޖެންޓުންގެ އިތުރުން، އަމާނާ ތަކާފުލްގެ މޯބައިލް އެޕުންނާއި، ވެބްސައިޓުން ވެސް ޕެކޭޖުތަކުގެ ތަފްސީލް މައުލޫމާތުތައް މިހާރު ބެލޭނެ އެވެ.