ވިލާ ކޮލެޖާއި އަމާނާ ތަކާފުލް ގުޅިގެން ފައިނޭންސާއި ސޮފްޓް ސްކިލްސް އިން ތަމްރީން ޕްރޮގްރާމްތަކެއް ހިންގަން އިއްޔެ އެއްބަސްވެއްޖެ އެވެ.
އަމާނާ ތަކާފުލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު ހަރީޒް ސުލައިމާނެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ.
އެ އެއްބަސްވުމުގެ ދަށުން ހިންގާ ކުރު ޕްރޮގްރާމްތަކުގައި ވިލާ ކޮލެޖުގައި ކިޔަވާ ދަރިވަރުންނަށާއި ދަސްވެނިވެފައިވާ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
އަމާނާ ތަކާފުލްއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި އިންޝުއަރެންސާއި ތަކާފުލް އާއި ރިސްކް މިޓީގޭޝަނާއި އިސްލާމިކް ފައިނޭންސް ފަދަ ދާއިރާތަކުން ތަމްރީން ކުރާނެ އެވެ.