އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް، ސްޓެލްކޯގެ އިސް މަގާމަކަށް ހަމަޖައްސައިފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އަކްރަމަށް ސްޓެލްކޯގެ ސޭލްސް ސެންޓަރުގެ ޖެނެރަލް މެނޭޖަރުކަން ލިބުނީ އޭނާ އެ މަގާމަށް ކުރިމަތިލައި، އިންޓަވިއުއިން ފާސްވެގެން ކަމަށެވެ. މި ހަފުތާގައި އަކްރަމް ވަނީ މަސައްކަތަށް ނުކުމެވަޑައިގަންނަވަން ފައްޓަވައިފަ އެވެ.

އަކްރަމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން ބިޒްނަސް މެނޭޖްމަންޓުން މާސްޓާސް ހާސިލްކުރައްވައިފަ އެވެ.

ސްޓެލްކޯގެ އިސް މަގާމަކަށް އަކްރަމް ހަމަޖެއްސެވިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މި ފަހުން ވަނީ އަކްރަމާއެކު އީސީގައި މަސައްކަތްކުރެއްވި އެ ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަންކޮށްފަ އެވެ.

ސުލޫކީ މައްސަލައެއްގައި އީސީން އަކްރަމް ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ފާސްކުރުމާއެކު އޭނަ ވަނީ ނޮވެމްބަރު، 2020 ގައި އިސްތިއުފާ ދެއްވައިފަ އެވެ.