ރައީސުލް ޖުމްހޫރިއްޔާގެ ލީގަލް ކައުންސެލްގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އަފީފް މަގާމުން ވަކިކުރައްވައިފި އެވެ.

އަފީފް މިއަދު އެ މަގާމުން ވަކިކުރެއްވި ކަން ކަށަވަރުވެފައި ވިޔަސް، އެއީ ކީއްވެގެން ކަން ސާފެއް ނުވެ އެވެ. އެކަމާ ބެހޭގޮތުން ރައީސް އޮފީހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް އަދި ވަކި ކުރައްވަނީ ރައީސެވެ.

އަހުމަދު އަބްދުﷲ އަފީފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލުމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ.

އަހްމަދު މަގާމުން ވަކިކުރައްވާފައި ވަނީ އޭނާއާ ގުޅޭ ބައެއް ތުހުމަތުތަކަށް ފަހު އޮފީހަށް ޥެސް ވަޑައިނުގެން ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އަޑުއަރާފައިވާތާ އެތައް ދުވަހެއް ފަހުންނެވެ.