އދ. ފެންފުށީގައި މޫދަށް އެރި އުޅެނިކޮށް ހާލު ސީރިއަސްވި އެކަކު ދެންމެ ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، މަހިބަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ތ. ދިޔަމިގިލީ، އީސާ ޖުނާހު، 23، އެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ ސައިން އައިލެންޑް ރިސޯޓުގަ އެވެ.
މޫދަށް އެރި އުޅުނު ހަތަރު ޒުވާނުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓުކުރީ މިއަދު ހަވީރު 6:00 ހާއިރެވެ. އެ ދެ މީހުން ހޯދައި އެންމެ ފުރަތަމަ ފަރުވާ ދިނީ ފެންފުށީ ހެލްތު ސެންޓަރުގަ އެވެ.
ނަމަވެސް ހާލު ސީރިއަސްވުމުން އިތުރު ފަރުވާއަށް އދ. އަތޮޅު މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔައީ އެވެ. އެކަމަކު އެ މީހުންގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.
ކައުންސިލުން ލަފާކުރާ ގޮތުގައި އެ ދެ ޒުވާނުން ބޭރަށް ދަމައިގަތީ ބާނި ބޮޑުވި ވަގުތުގަ އެވެ.