ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްގެ ކާނި ޕާމް ބީޗަށް އަގޯޑާގެ ގޯލްޑް ސާވިސް އެވޯޑު ތިން ވަނަ ފަހަރަށް ލިބިއްޖެ އެވެ.
މީގެ ކުރިން އެ އެވޯޑު 2021 އަދި 2022 ވަނަ އަހަރު ވެސް ޕާމް ބީޗުން ވަނީ ހޯދައިފަ އެވެ.
އަގޯޑާއިން 2009 ވަނަ އަހަރު ތައާރަފް ކުރި ގޯލްޑް ސާކަލް އަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހިދުމަތާއި އަގޯޑާ އެކު އެންމެ ރަނގަޅު ޕާޓްނަޝިޕެއް ދަމަހައްޓަމުން އަންނަ މަދު ހޮޓާތަކަށް ދޭ އެވޯޑެކެވެ.
ހަތަރު ތަރީގެ ކާނި ޕާމް ބީޗުގައި އެންމެ ޒަމާނީ 105 ކޮޓަރި ހުރެ އެވެ. ދެހާސް ވިހިވަނަ އަހަރު ހުޅުވި މި ހޮޓަލުގައި ރޫފް ޓޮޕް އިންފިނިޓި ޕޫލެއްގެ އިތުރުން ދެ ރެސްޓޯރެންޓާއި ސްޕާ އަކާއި ސެލޫނެއްގެ އިތުރުން 130 މީހުންގެ ޖާގައިގެ ބެންކުއެޓް ހޯލެއް ވެސް ހުރެ އެވެ.
ޕާމް ބީޗާ އެކު ކާނިން އަންނަނީ ކ. މާފުށީގައި ހަތަރު ގެސްޓް ހައުސް ހިންގަމުންނެވެ.
އެ ތަންތަނުގައި 400 އެނދު ހިމެނެ އެވެ. އަދި މާލޭގައި 26 އެނދުގެ ގެސްޓް ހައުސްއެއް ހިންގުމުގެ އިތުރުން އއ. އުކުޅަހުގައި 250 އެނދުގެ ސިޓީ ހޮޓަލެއް މިހާރު އަންނަނީ ހަދަމުންނެވެ.