މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު މާލޭގައި ހިނގި އެކްސިޑެންޓުގައި ވަަރށް ބޮޑަށް އަނިޔާވި، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހުމަދު މަނިކު ރޭ ދަންވަރު ނިޔާވެއްޖެ އެވެ.
އުމުރުން 74 އަހަރުގައި އަހުމަދު މަނިކު ނިޔާވީ، އެ ރެއިން ފެށިގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ސިކުނޑި އަށް ވަރަށް ބޮޑަށް ލޭ އެޅުމާ ގުޅިގެން ޑޮކްޓަރުން އަޮތީ އުންމީދު ކަނޑާލައިފަ އެވެ. އެކްސިޑެންޓަށް ފަހު އޭނާގެ ހޭ ނާރަ އެވެ.
އަހުމަދު މަނިކު ކާރެއްގައި ޖެހ އެކްސިޑެންޓުގައި މަޣުރިބު ނަމާދަށް ފަހު ގެ އަށް ވަޑައިގަންނަވަނިކޮށް، ބޮޑުތަކުރުފާނު މަގުން ޗީބޯ ރެސްޓޯރަންޓުގެ ކުރިމަތިންނެވެ.
ގދ. ގައްދޫ ރޯސްމާގޭ އަހުމަދު މަނިކަކީ އަމީންގެ އިތުރުން ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމިތުގެ ވެސް ބައްޕަ އެވެ.
އޭނާގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގަ އެވެ.